ads
ވިނަރެސް ފްލެޓްތައް——ފޮޓޯ: ސޯޝަލް މީޑިއާ
ވިނަރެސް ޕޮއިންޓް އެއްވަރުވި މީހުންގެ ގުރު ނަގަން ނިންމައިފި
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓް ގަންނަން ޝަރުތު ހަމަވި މީހުންގެ ތެރެއިން ޕޮއިންޓް އެއްވަރުވި މީހުންގެ މެދުގައި ބުދަ ދުވަހު ގުރުނަގަން ނިންމައިފިއެވެ.
Advertisement

އެޗްޑީސީން ބުނީ ވިނަރެސް ގަންނަން ހުށަހެޅި ފަރާތްތަކުގެ ފައިނަލް ލިސްޓަށް ހައުސިން މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ޕޮއިންޓު ދީފައިވާއިރު ޕޮއިންޓުގެ ގޮތުން ބައެއް ފަރާތްތައް އެއްވަރު ވެފައިވާ ކަމަށެވެ. 

އެހެންކަމުން ލިސްޓް ތަރުތީބު ކުރުމަށް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުނަގަން ނިންމާ ބުދަ ދުވަހު އެކަން ކުރާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން މައި-އެޕްލިކެންޓު އަދި ކޯ-އެޕްލިކެންޓްގެ ގޮތުގައި އެއް ފޯމަށް ވުރެގިނަ ފޯމުގައި ނަން ހިމަނާފައި އޮތް މީހުންނާއި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައި ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ މީހުން ފައިލަން ލިސްޓުން އުނިކޮށްފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މި ލިސްޓްގައި ހިމެނެނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން: 1118 މީހަކާއި މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން: 295 މީހެކެވެ. އަދި ސީލައިފުން ފްލެޓް ގަތް މީހުމާއި ހިޔާ ފްލެޓް ބަދަލުކުރަން ބޭނުންވާ މީހުން އަދި ގުޅީފަޅު ކެޓެގަރީގެ މީހުން މި ލިސްޓުގައި ނުހިމެނެއެވެ.

މިލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވެނީ އެންމެ ފޯމަކާ އެކުގައި ކަމަށާއި ދެމަފިރިން ވަކިން ފޯމު ހުށާހަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށާއި، އެކަން ހައްލުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އާންމު އުސޫލުގެ ދަށުން އަލަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގެ މަރުހަލާ ފުރިހަމަވުމުން ބުކިން ނެގުމާއި އެޕާޓްމެންޓު އިހްތިޔާރު ކުރުމުގެ ފުރުސަތު ދެވޭނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފްލެޓް ކަށަވަރުވާނީ މާލީ ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މާލީ ގާބިލްކަން ފުރިހަމަކަމަށް ތާޑްޕާޓީ އިވެލުއޭޝަން ނިންމުމުންކަމަށް އެޗްޑީސީން ބުނެއެވެ.

ދާއިމީ ލިސްޓް އާއްމު ކުރިއިރު  ލިސްޓުގައި ހިމެނެނީ ފޯމް ހުށަހެޅި 1413 މީހުން ނެވެ. ވިނަރެސް މަޝްރޫއުގައި 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1،344 ފްލެޓެވެ. މި ފްލެޓްތަގައި ހިމެނެނީ 902 އަކަފޫޓާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް