
ތިލަމާލެ ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ބެހޭގޮތުން ސީއެންއެމްއަށް ޖިނާން ވިދާޅުވީ ބްރިޖްގެ މަސައްކަތްތައް ޝެޑިއުލްއާއި އެއްވަރަށް ކުރިއަށް އެބަދާކަމަށާއި، ރުމައިލާ އުޅަނދު ފޮނުވާލީ އެ އުޅަނދު ބޭނުންކޮށްގެން މިވަގުތަށް ކުރަންހުރި ހުރިހާ މަސައްކަތެއް ނިމުމުން ކަމަށެވެ.
ޖިނާން ވިދާޅުވިގޮތުން މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު،
- މާލޭކޮޅުގެ އެއްގަމުގެ ތަނބުތަކުގެ ބޮޑުބައި ނިމި، ވެހިކަލް ދުއްވާބައި ނުވަތަ ޑެކްގެ މަސައްކަތްތައް ކުރެވެމުން ދަނީ
- މާލޭގެ ކަނޑުގެ ސަރަހައްދުގައި ޖަހާ ދެ ތަނބެއްގެ ޕައިލިންގް މަސައްކަތްތައް ކުރެވެމުންދަނީ
- ވިލިމާލޭގައި ކަނޑުގައި ޖަހާ ހަ ތަނބެއްގެ ޕައިލިންގ މަސައްކަތްތައް ކުރެވެމުންދަނީ
- ވިލިމާލެއިން ބްރިޖްއަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ
- ގުޅިފަޅު އެއްގަމުގައި ޖެހުމަށްހަމަޖެހިފައިވާ ތަނބުތަކުގައި ޕައިލިންގް މަސައްކަތްތައް ކުރިއަށް ދަނީ
ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމަށް އެފްކޮންސް އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ 26 އޯގަސްޓް 2021 ގައިއެވެ. މި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ 100 މިލިއަން ޑޮލަރާއި، އެގައުމުގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އެކު ޖުމްލަ 500 މިލިއަންޑިލަރުގެ ޕްރޮޖެކްޓެވެ. އަންނަ ޑިސެމްބަރުމަހަށް ވިލިމާލެ އާއި ހަމައަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ޕްލޭންކުރެވިފާއިރު، ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރަށްކަމަށް ޕްލޭނިންގް މިނިސްޓްރީ އިން ވަނީ ލަފާކޮށްފައިއެވެ.