ށ. ކޮމަންޑޫ އާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ބްރިޖުގެ ފައުންޑޭޝަން އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.

Advertisement
އެމްޓީސީސީން މިއަދު ބުނީ ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އާއި މަތިކޮމަންޑުއާ ގުޅާލުމުގެ މަޝްރޫއުގެ ދަށުން އެ މަސައްކަތަށް ބޭނުންވާ ޖިއޯ ޓެކްނިކަލް ސާވޭ މިހާރު ނިމިފައިވާ ކަމަށެވެ.
އެ ސާވޭގެ ދަށުން، ބްރިޖުގެ ފުންމިން ބެލުމަށްޓަކައި ބޯހޯލް ތޮރުފައިގެން ބެޑްރޮކް ބެލިފައިވާ ކަމަށާއި ސާވޭގެ ހޯދުންތަަކަށް ބިނާކޮށް ދެ ކޮމަންޑޫ ގުޅާލާ ބްރިޖުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން އެ މަސައްކަތަށް ބޭނުންވާ ޖިއޯ ޓެކްނިކަލް ސާވޭ މިހާރު ވަނީ ނިމިފައި - ފޮޓޯ:އެމްޓީސީސީ
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު:
- 16.7 ހެކްޓަރުގެ ބިން ހިއްކާނެ
- 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލާނެ
- 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރާނެ
- މުޅި މަޝްރޫއަށް 235.75 މިލިއަން ރުފިޔާ ހަރަދު ވާނެ