ads
ކަސްޓަމްސް ބިލްޑިންގް: ރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލްޔޫސް ޕްލާސްޓިކްގެ ގޮތުގައި ހިމެނޭ ބައި މިލިއަނަށް ވުރެ ގިނަ ކޮތަޅު ނައްތާލާފައިވާ ކަމަށް ވަނީ ބުނެފައި - ފޮޓޯ:އަވަސް
ކަސްޓަމްސްއިން ބައި މިލިއަނަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ނައްތާލައިފި
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލްޔޫސް ޕްލާސްޓިކްގެ ގޮތުގައި ހިމެނޭ ބައި މިލިއަނަށް ވުރެ ގިނަ ކޮތަޅު ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ނެރެފައިވާ ބަޔާނެއްގައި ބުނީ ނައްތާލާފައިވަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލްޔޫސް ޕްލާސްޓިކްގެ ގޮތުގައި ހިމެނޭ ބާވަތްތަކެއް ކަމަށެވެ.

ހދ. ކުޅުދުއްފުށި ކަސްޓަމްސްއިން ހިފެހެއްޓި މި ތަކެތި ނައްތާލާފައިވަނީ އެ ރަށުގެ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، މި މަހުގެ 16 ވަނަ ދުވަހު ހަތަރު ސައިޒެއްގެ ޖުމްލަ 535،000 ޕްލާސްޓިކް ކޮތަޅު އެ ރަށުގައި ނައްތާލާފައިވެއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ކުޅުދުއްފުށި ކަސްޓަމްސްއިން ނުވަ ސައިޒެއްގެ ޖުމްލަ 5،018،500 ޕްލާސްޓިކް ކޮތަޅު ނައްތާލާފައިވާ ކަމުގައެވެ.

ނައްތާލެވުނު ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން އެ ކުންފުނީގެ ބެލުމުގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެކިއެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް އެ ކުންފުނީގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް