ads
ވިލިގިނލި ފެރީ ޓާމިނަލް ފަޅުތެރޭގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން އެމްޓީސީސީން އަންގާފައިވާ ސަރަހައްދު ފާހަގަކޮށްފައި - ފޮޓޯ:އެމްޓީސީސީ
ވިލިގިނލި ފެރީ ޓާމިނަލް ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނަގަނީ
ވިލިގިނލި ފެރީ ޓާމިނަލް ފަޅުތެރޭގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންގައިފިއެވެ.
Advertisement

އެމްޓީސީސީން ބުނީ މާފަންނު ފެރީ ޓާމިނަލް ނުވަތަ މާލެ ހުޅަނގުފަރާތު ވިލިނގިލި ޓާމިނަލް ހިމެނޭ ސަރަހައްދުގެ ފަޅުތެރެއަކީ ހަމައެކަނި އެ ކުންފުނީގެ ފެރީތައް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ ހުއްދައެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ. އެހެންނަމަވެސް، އެ ސަރަހައްދުގައި އެހެނިހެން އުޅަނދުތައް ގަވާއިދާ ހިލާފަށް އަޅާފައި ހުރުމުގެ ސަބަބުން އެ ކުންފުނީގެ ފެރީތައް ގަޑިއަށް ފުރުމަށާއި ލެފުމަށް ދަތިތަކާ ކުރިމަތިވަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތައް އެ ސަރަހައްދުގައި އަޅާފައި ހުރުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވެފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ވިލިގިނލި ފެރީ ޓާމިނަލް ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ ސަރަހައްދުން ނެގުމަށް އެމްޓީސީސީން ވަނީ އަންގާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ އުޅަނދުތައް މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް އެ ސަރަހައްދުން ނެގޭނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް