
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެންމެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރީންނާއި ބައްދަލުކުރެއްވުން މާދަމާ ހެނދުނު 10 ޖަހާއިރު، އޮންނާނެ ކަމަށެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. އޭގެ ފަހުން، ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާތީ ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ރައީސް މުއިއްޒު މިފަހުން ވިދާޅުވި ގޮތުގައި، އެ މަނިކުފާނަކީ އަބަދުވެސް "މައުލޫމާތު ދެއްވުމަށް އިސްކަން ދެއްވާ ބޭފުޅެ"ކެވެ. ކުރިން އަދާކުރެއްވި ވަޒީފާތަކުގައި ވެސް އެކަން އެގޮތަށް ކުރެއްވިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މާދަމާ ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާއިރު މާދަމާ އަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.