ads
މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ނަންނެތް މީހަކު ވޯޯޓު އެޅިކަމަށް ބުނެ ނަޝީދުގެ ކެމްޕެއިން ޓީމުން ވޯޓުލުން ހުއްޓުވައިގެން-----
އެމްޑީޕީ ޕްރައިމަރީގެ ޝަރީއަތް: އަމްޖަދު ވަކިކުރީ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން
ޖަނަވަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އަލީ އަމްޖަދު އެމްޑީޕީން ވަކިކޮށްފައިވަނީ ސިވިލް ކޯޓަށް އޭނާ އެ މައްސަލަ ހުށަހެޅި ފަހުން ކަމަށާއި އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އޭނާގެ ވަކީލުން މިއަދު ކޯޓުގައި ބުނެފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ހުށަހެޅި އަމްޖަދު އެމްޑީޕީން ވަކިކޮށްފައިވަނީ ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށާއި މައްސަލކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އަމްޖަދުގެ ވަކީލުން ބުނީ ޕްރައިމަރީ ބާތިލު ކުރަން ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ސިވިލް ކޯޓުގައި އޮތް އަޑު އެހުމުގައެވެ.

ޝަރީއަތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ދިޔާނާ ސައީދު ވިދާޅުވީ އޭނާގެ ކްލައިންޓަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަން ސާބިތު ކުރަން ވެގެން ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަންގެ ރެކޯޑުތަކުން ވެސް އެނގެން އޮތީ އޭނާ އެމްޑީޕީގެ ރަޖިސްޓްރީގައި އޮތް ކަން ކަމަށެވެ. އިދާރީ ކުށެއް ކަމަށް ބުނެ ކޮމިޝަންގެ ދަފްތަރުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރި އަލީ އަމްޖަދު ޕާޓީގެ ދަފްތަރުން އުނިކުރީ ފެބްރުއަރީ 22، ގަ އެވެ. އެއީ ސިވިލް ކޯޓަށް އޭނާ މައްސަލަ ހުށަހެޅިތާ ހަތް ދުވަސް ފަހުގެ ތާރީހެއް ކަން ދިޔާނާ ފާހަގަ ކުރެއްވި އެވެ.

މި މައްސަލާގައި އެމްޑީޕީން ހުށަހަޅާފައިވާ އެ ނުކުތާއަށް ބަހުސްކުރުން ވަނީ ނިމިފަ އެވެ. މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒުފާ އަބްދުލްޣަފޫރު ވިދާޅުވީ ހުށަހެޅިފައިވާ ނުކުތާތައް ދިރާސާކޮށް އަދި އެއަށް ދީފައިވާ ރައްދުތައް ވެސް ދިރާސާކޮށް އެ ކަމުގައި ޝަރީއަތުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައިވީ ނަމަވެސް ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް އޮތް ބަހުސާ މެދު ގޮތެއް ނިންމުމަށް ފަހު ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން ކޯޓުން ނިންމާފައިވެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް