ads
އަމިއްލަފުށީ ރިސޯޓްގައި ގާއިމްކޮށްފައިވާ ޓެނިސް ކޯޓެއް
މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އަމިއްލަ މޯލްޑިވްސް އަަށް
ރަޝިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެކަތެރީނާ މަކޮރޯވާ ދިވެހި ރިސޯޓެއްކަމަށްވާ އަމިއްލަ މޯލްޑިވްސް ރިސޯޓްސް އެންޑް ރެސިޑެންސެސްގައި ކޯޗިންގް ކޭމްޕެއް ހިންގާގޮތަށް ހަމަޖެހިއްޖެއެވެ.
Advertisement

މިކަމާއި ބެހޭގޮތުން އަމިއްލަ މޯލްޑިވްސް ރިސޯޓްސް އިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޓެނިސް ކުޅުންތެރިޔާ އެކަތެރީނާ މަކޮރޯވާ އަމިއްލަފުށްޓަށް ޒިޔާރަތްކުރަމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގައި ކަމަށާއި، އަދި މިދަތުރުގައި އަމިއްލަފުށީ ގައި ޓެނިސް ކޭމްޕެއް ހިންގައިދޭނެކަމަށެވެ. އެގޮތުން އެޕްރީލް މަހު އަމިއްލަފުށީގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް މިކޭމްގައި ބައިވެރިވެވޭނެކަމަށްވެސް އަމިއްލަފުށި ރިސޯޓުން މައުލޫމާތުދެއެވެ.

މިއީ އަމިއްލަފުއްޓާއި އާރުޓީސީ (ރޯޔަލް ޓައިމްލެސް އެންޑް ޗެލެންޖިންގް) ނަމަކަށް ކިޔާ ކުޅިވަރު ކުންފުންޔަކާއި ގުޅިގެން ހިންގާ ހަރާކަތެއްކެވެ. އާރުޓީސީ އަކީ ދުނިޔެއަށް މަޝްހޫރު ޓެނިސް ކުޅުންތެރިންނާއި އެކު ލަގްޒަރީ ރިސޯޓްސް އަދި ހޮޓެލްތަކުގައި އެކިކަހަލަ ކުޅިވަރު ހަރަކާތްތައް ހިންގާ ކުންފުންޏެކެވެ.

މިހަރަކާތުގައި ބައިވެރިވާ ޓެނިސް ކުޅުންތެރިޔާ އެކަތެރީނާ މަކޮރޯވާ އަކީ މީގެ ކުރިން ދުނިޔޭގެ ސިންގަލްސް އަދި ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައިވާ ޓެނިސް ކުޅުންތެރިއެކެވެ.

އަމިއްލަ މޯލްޑިވްސް ނުވަތަ އަމިއްލަފުށި ރިސޯޓަކީ، އެ ރިސޯޓުގައި ގާއިމްކޮށްފައިވާ ޓެނިސް ކޯޓުތަކުގެ ހިތްގައިމުކަމަށް ފަތުރުވެރިންގެ މެދުގައި މަޝްހޫރު ރިސޯޓެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް