ads
އެގްރޯނެޓްގެ އެމްޑީ ހާރޫން ސީއެންއެމްއަށް އިންޓަވިއު ދެއްވަނީ: ފޮޓޯ ސީއެނއެމް
އެގްރޯނެޓްގެ އެމްޑީ ހާރޫން މަގާމުން ވަކިކޮށްފި
ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތު ކުރިއަރުވައި ދަނޑުވެރިކަން އާލާކުރުމަށް އުފައްދާފައިވާ ކުންފުނި، އެގްރޯނެޓް ގެ މެނޭޖިންގް ޑައިރެކްޓަރު ކަމުގައި ހުންނެވި ގއ.ވިލިގިލި ހިޔަލީގެ ހާރޫން ރަޝީދު އެމަގާމުން މިއަދު ވަކިކުރައްވައިފިއެވެ.

ކުރިން ގއ.އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ހާރޫން އެގްރޯނެޓްގެ މެނޭގިން ޑައިރެކްޓަރުގެ މަގާމަށް  އައްޔަނުކުރެއްވީ 2020 ވަނައަހަރުގެ އެޕްރީލް މަސްތެރޭގައި އެވެ. 

އެގްރޯނެޓްގެ އެމްޑީ ކަމުން ހާރޫން ވަކިކުރެއްވިއެރު، ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތއްބަވައިގެން ސަރުކާރާއި ދެކޮޅަށް އަދި އެމްޑީޕީގެ ރައީސް ނަޝީދު ނިސްބަތް ވެ ވަޑައިގަންނަވާ ފިކުރެއްގެ ދިރުމުގެ ފެކްޝަނާއި، ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމްއަށް ތާއީދުކުރާ ފަރާތްތައް، އެބޭފުޅުން ތިއްބެވި މަގާމްތަކުން ވަކިކުރުމަށް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހާރޫން ހުންނެވީ ރައީސް ނަޝީދުއަށް ތާއީދުކުރައްވައިގެންނެވެ. މީގެ އިތުރުންވެސް ރައީސް ނަޝީދަށް ތާއީދުކޮށް އަދި އެމަނިކުފާނުގެ އިސްވެ ހުުންނަވައި އުފައްދަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުމުގައި ހަރަކާތްތެރިވާ ހުސައިން އަމްރު މުހައްމަދު ރަޝާދު އެސްޓީއޯގެ މެނޭޖިންގް ޑައިރެކްޓަރު ކަމުން ވަކިކޮށްފައިވާ އިރު ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުވެސް ވަނީ އެ މަގާމްތަކުން ވަކިކުރައްވާފައެވެ.

50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް