ads
ތިލަފުށި އެކޮމަޑޭޝަން ބްލޮކްގައި ރޯވެފައި: ފައިލްފޮޓޯ
ތިލަފުށީގައި ހުރި އިމާރާތެއްގައި ހުކުރު ވަގުތު ރޯވެއްޖެ
މިއަދު ހުކުރު ވަގުތު ތިލަފުށީގައި ހުރި އިމާރާތެއްގައި އަލިފާން ހިފައިފިއެވެ.

މިއަދު 12:45 ހާއިރު އަލިފާން ހިފާފައިވަނީ މީހުންވެސް ދިރިއުޅޭ އިމާރާތެއްގައެވެ. 

ދެ ބުރީގެ މި އިމާރާތުގެ ފުރަތަަމަ ބުރީގައި ލަކުޑި ގުދަނެއް ހުރި އިރު، މަތީ ފްލޯތައް ބޭނުންކުރަނީ މީހުން ދިރިއުޅުމަށެވެ. 

މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ވީކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. 

މި ހާދިސާގައި އެޗްޑީސީގެ އިމާރަތެއް ހުންނަ ސަރަހައްދެއްގައި އަލިފާން ހިފިކަމަށް ބައެއް ނޫސްތަކުން ހަބަރުތައް ރިޕޯޓުކުރި ނަމަވެސް، އެޗްޑީސީން މިއަދު ބުނީ އެ ކުންފުނީގެ އިމަރާތެއްގައި އަލިފާން ނުހިފާކަމަށެވެ. 

"ކ. ތިލަފުށީގައި ހުރި އެމް.ޕީ.އެލް ގެ  ސަރަހައްދެއްގައި އަދި އިމާރާތެއްގައިވެސް އަލިފާނުގެ އެއްވެސް ހާދިސާއެއް  ހިނގާފައި ނުވާވާހަކަ ދަންނަވަން،" -އެޗްޑީސީ- 

އެޗްޑީސީން ބުނީ އަލިފާންގަނޑުގެ ބޮޑުބައި މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. 

އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އެމްއެންޑީއެފާއި އެކު އެޗްޑީސީގެ މުވައްޒަފުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް