ads
އަބްދުﷲ ޝާހިދު އަދި ރައީސް ސާލިހު: ފޮޓޯ ޕީއެސްއެމް
ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރާނީ ރައްޔިތުންގެ ލޯބިން: ޝާހިދު
މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކާމިޔާބު ކުރައްވާނީ ރައްޔިތުންގެ ލޯތްބާއެކު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހުދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށެވެ. 
"މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކާމިޔާބު ކުރައްވާނީ ރައްޔިތުންގެ ލޯތްބާއި އެކު. ރައީސް ސޯލިހު މާލިމީ ކަމުގައި ރާއްޖެ އަށް ލިބެމުން އަންނަ ތަރައްގީ އޮތީ ސާފުކޮށް ފެންނަން،" - އަބްދުﷲ ޝާހިދު-

ޝާހުދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ރައީސް ސާލިހަށް ތާއީދު ނުކުރާނެކަން ވަނީ ހާމަކޮށްފައެވެ. އެ ފެކްޝަނުން އަންނަނީ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތަކެއް ކުރަމުންނެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު 2023 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ނުކުތުމަށް ކޯލިޝަން މިހާތަނަށް ހަދާފައިވަނީ، އަދާލަތު ޕާޓީއާއި، އެމްޑީއޭ ކިޔާ ޕާޓީއެކެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 9 ވަނަ ދުވަހު އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް