ads
ރާކީ ސާވަންތު
ރާކީ ރޯދަ ނުހިފާކަން ފަޅާ އަރައިފި
ދާދި ފަހުން އިސްލާމްވި އިންޑިއާގެ މަޝްހޫރު ޓީވީ ތަރި އަދި ފިލްމީ ތަރި ރާކީ ސާވަންތު ރޯދަ ނުހިފާކަން ފަޅާއަރައިފިއެވެ.
Advertisement

މިކަން ފަޅާއަރާފައިވަނީ ހުކުރު ދުވަހު ރާކީ އައިސް އެއާޕޯޓަށް ކާރަކުން ފޭބި ވަގުތު ނޫސްވެރިން އޭނާއާ ދިމާކޮށް އިންޓަވިއުކުރަން ފެށުމުންނެވެ. 

ކާރުން ނުކުތްއިރު ވެސް ރާކީ ހުރީ ޗުއިންގަމެއް ކާށެވެ. ކާރުން ނުކުތުމާއެކު ނޫސްވެރިން އެންމެ ފުރަތަމަ ވެސް ކުރި ސުވާލަކީ "ރޯދަ އެއް ނޫންތޯ؟" އެވެ. 

މި ސުވާލާއެކު ރާކީ ހުއްޓުން އެރިއެވެ. 

"އަޅުގަނޑުގެ ރޯދަ ގެއްލިއްޖެ. ދަތުކުރާތީ އޮޅިގެން ޗުއިންގަމެއް ކެވުނީ،" ރާކީ ބުންޏެވެ. އަދި ތަކުރާކޮށް "އަޅުގަނޑުގެ ރޯދަގެއްލިޖެ" މިހެން ރާކީ ކިޔާ ރަކިވެގެން ރާކީ އުޅުނެވެ. 

ރާކީ އިސްލާމް ވުން:  

ރާކީ އިސްލާމްވިކަން ހާމަކޮށްފައިވަނީ މިއަހަރު ތެރޭގައެެވެ. އޭނާ ބުނީ މިދިޔަ އަހަރުގެ މުސްލިމު ފިރިހެނަކާ ކައިވެނިކުރަން އިސްލާމްވިކަމަށެވެ. ރާކީ އެންމެ ފަހުން ކައިވެނި ކުރީ އާދިލް ކިޔާ މީހަކާއެކެވެ.

 ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ރާކީ އާއި އާދިލް މައްސަލަޖެހުނެވެ. ރާކީގެ ޝަކުވާއަކަށް ވީ އާދިލް ދެ އަންބަށް މީހަކާ އިންނަށް މަސައްކަތް ކުރަން ފެށުމެވެ. އެމީހުންގެ މައްސަލަ ބޮޑުވެގެން ގޮސް ރާކީއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އާދިލް މިހާރު ހުރީ ޖަލަށްލާފައެވެ. 

ރާކީއާއި އާދިލް ސިއްރުން ކައިވެނި ކުރީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އާދިލް ވަނީ ރާކީއާ ކައިވެނިނުކުރާކަމަށް ބުނެފައެވެ. ރާކީ ބުނީ އާދިލް އެހެން ބުނަނީ އާދިލްގެ ގާލް ފްރެންޑު ދެކެ ބިރުން ކަމަށެވެ. 

ރާކީ ތުހުމަތުކުރާގޮތުން ރާކީއާއި އާދިލް ކައިވެނިކިކުރި އިރުވެސް އާދިލް އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެންނެވެ.  އާދިލް ރައްޓެހިވެގެން އުޅޭ ކުއްޖާ ބަނޑުބޮޑު ކަމަށްވެސް ރާކީ ތުހުމަތުކުރިއެވެ. 

ރާކީ އަކީ އިންޑިއާގެ ޑާންސަރެއް، މޮޑެލެއްގެ އިތުރުން ފިލްމީ ތަރިއެކެވެ. ގިނަ އަދަދެއްގެ ޓީވީ ޓޯކް ޝޯ ވެސް އޭނާ ހޯސްޓުކުރެއެވެ.  އޭނާ ވަނީ ގިނަ ހިންދީ އަދި މަދުން ނަމަވެސް، ޓެލެގޫ އަދި ތަމަޅަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

އިންޑިއާގެ ރިއަލިޓީ ޓީވީ ސީރީޒް "ބިގް ބޮސް 1" ގެ ފުރަތަމަ ސީޒަންގެ ކޮންޓެސްޓަންޓެއްގެ އިތުރުން "ބިގް ބޮސް 14" ގެ ޗެލެންޖަރެއްގެ އިތުރުން ފައިނަލިސްޓެއްގެ ގޮތުގައި ވެސް ރާކީ ފެނުނެވެ. 

19%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް