ads
ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ހެނދުނުން ފެށިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެންޑީއެފް
ހެނދުނު މާލެއަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވުމުން ހެނދުނުން ފެށިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ވިއްސާރާގައި އަމީނީމަގާ، ބުރުޒުމަގު އަދި ލޮނުޒިޔާރަތްމަގުގެ އިތުރުންވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވިއެވެ. އެންމެ ބޮޑަށް ފެންބޮޑުވީ މާފަންނުގެ ސަރަހައްދު ތަކުގައެވެ.

ފެން ހިންދުން ލަސްވެ ޝަކުވާބޮޑުވެ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ފާޑު ވިދާޅުވެފައެވެ. 

ޑރ މުއިއްޒު ވިދާޅުވެފައިވަނީ ސްޓޯމްވޯޓާ ޕަމްޕްތައް ބަލަހައްޓާ ފަަރާތުން އެ ޕަމްޕްތައް ނުޖައްސާ ގިނައިރުތަކެއްވުމަކީ ދެރަކަމެއް ކަމަށާއި، މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލް އިން ކުރިއަށް ގެންދިޔަ މަޝްރޫއު އަނބުރާ ގެންދިއުމުގެ ސަބަބުން މާލޭގެ މަގުތައް ނުހެދިފައިވާކަމަށެވެ.

ފެން ހިންދުމުގެ މަސައްކަތް ނުކުރާކަމަށް ބުނާ ވާހަކަ އެމްއެންޑީއެފުން ދޮގުކުރެއެވެ. 

"ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެެގޮތުން މިއަދު ހެނދުނު 08:31 ހާއިރު ފެން ހިއްކުމުގެ މަސައްކަތްފަށާފައިވޭ" - އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ ވެސްޓްޕާކާއި އައިޖީއެމްއެޗާއި ދިރާގު ހެޑް އޮފީސް އަދި އެކުވެނި ހިމެނޭ ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށްދަ ކަމަށެވެ.

މެޓް އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު ފަތިހު 5:00 އިން ހެނދުނު 10:00 އާއި ހަމައަށް 87.8 މިލި ލީޓަރުގެ ވާރޭ މާލެއަށް ވެހިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް