ads
ޚަންދަގު ހަގުރާމަ ކުރެވުނު ކަމަށް ބުނާ ސަރަހައްދު ދައްުކުވައިދޭ ތަސްވީރެއް
އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ)ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

"އަމީން އަލް އުއްމަ" ނުވަތަ މިއުއްމަތުގެ ބަލަދުވެރިޔާގެ ނަމުން މަޝްހޫރު އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ) ނިސްބަތްވެ ވަޑައިގަންނަވަނީ ބަނޫ އަލްހާރިޝް ވަންހައަށެވެ. އުފަންވެވަޑައިގަތްކަމަށް ބުނެވެވީ މީލާދީން 581 ވަނައަހަރު ކަމުގައި ބުނެއެވެ. އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ) އަކީވެސް މިދުނެޔެ މަތީގައި އެބަޔަކު ސުވަރުގެ ވަދެ ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި 10 ބޭކަލުންގެ ތެރެއިން އެއް ބޭފުޅެވެ. ބަދުރު ހަގުރާމާގައި، އިސްލާމްދީނުގެ ހައްގުގައި އަދި މުޝްރިކުންގެ ލަޝްކަރުގައި ހިމެނި، މުސްލިމުންނާއި ހަގުރާކުރުމަށް އައުމުން، އަމިއްލަ ބައްޕާފުޅާއި ހަގުރާމަކޮށް، ބައްޕާފުޅު ގަތުލުކޮށްލި ހިތްވަރުގަދަ ބޭފުޅެކެވެ.

އިސްލާމްދީން ގަބޫލުކުރެއްވުމުގެ ކުރިންވެސް އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ) އަކީ ގުރައިޝުންގެ ގެ ތެރޭގައި އެކަލޭގެފާނުގެ ހިކުމަތްތެރިކަމާއި، ކުޅަދާނަކަމަށް މަޝްހޫރު ބޭފުޅެކެވެ.

އިސްލާމްވެ ވަޑައިގަތުން

ބުނެވޭގޮތުން އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ) އިސްލާމްވެވަޑައިގެންފައިވަނީ އަބޫބަކުރުގެފާނު (ރއ) އިސްލާމްވެ ވަޑައިގަތްތާ އެއްދުވަސް ފަހުން އުމުރުފުޅުން 28 އަހަރުގައި އެވެ. އެދުވަސްވަރު އިސްލާމްދީން ގަބޫލުކުރެއްވި އެހެނިހެން މުސްލިމުންނެކޭ އެއްފަދައިން އަބޫ އުބައިދާ އިބްން އަލްޖައްރާ (ރއ) އަކީ ވެސް ގުރައިޝުންގެ އަނިޔާ އާއި ދުއްތުރާ އެތަކެއްފަހަރަކު އެތަކެއް ގޮތަކުން ކުރިމަތިލާންޖެހުނު ބޭކަލެކެވެ. އެހެންނަމަވެސް ހިތްވަރުފުޅަށް ކުޑަވެސް ބަދަލެއް ނައިސް ވަރުގަދަ އީމާންތެރިކަމަކާއެކު ހުންވެވި އެވެ. އަދި އެހެން މުސްލިމުންނަށް ހިތްވަރު ލައިދެމުންވެސް ގެންދެވިއެވެ.

ހަބްޝަށް ހިޖުރަށް ކުރެއްވުން

މުސްލިމުންގެ އެއްމެ ފުރަތަމަ ވަފުދު ހަބްޝަށް ހިޖުރަކުރިކަން އެގުމާއެކު، މައްކާގެ މުޝްރިކުންގެ ފަރާތުން މުސްލިމުންނަށް ލިބެމުންދިޔާ އަނިޔާތައް ދެގުނަ އިތުރުވެގެންދިޔައެވެ. އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ) އަކީ އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވާ ވަންހައިން އިސްލާމްދީން ގަބޫލުކޮށްގެން ހުންނެވި ހަމައެކަނި ފަރާތް ކަމުގައި ވުމާއެކު، އެކަލޭގެފާނާއި ކުރިމަތިވި އަނިޔާތައް ވަކިން އިތުރުވެފައި އަނިޔާވެރިކަމަށް ބުނެވެއެވެ. މިފަދައިން ލިބެމުންދިޔަ އަނިޔާތައް އިތުރުވާންފެށުމާއިއެކު، މައްކާގައި އެވަގުތު ތިއްބެވި އިތުރު މުސްލިމުންތައްވެސް ހަބްޝަށް ހިޖުރަކުރުމަށް މާތް ރަސޫލާ މުޙައްމަދު (ރސއވ) އެންގެވިކަމަށްވެއެވެ. މިއާއި އެކު، އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ) 83 ފިރިހެނުންނާއި 20 އަންހެނުންގެ މައްޗަށް އެކުލެވޭ ގާފިލާއަކާއެކު ހަބުޝަށް ވަޑައިގެންނެވީކަމަށް ބުނެއެވެ.

މަދީނާއަށް ހިޖުރަކުރެއްވުން

މާތް ރަސޫލާ މުޙައްމަދު (ރސއވ) މަދީނާއަށް ހިޖުރަ ކުރެއްވުމާއެކު އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ) ވެސް މަދީނާ އަށް ހިޖުރަކުރެއްވިއެވެ. ބުނެވޭގޮތުގައި މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު އެކަލޭގެފާނު ހުންނެވީ އަންސާރިއްޔަ ބޭކަލެއްކަމުގައިވާ މުހައްމަދު އިބްނު މަސްލަމާގެ ގެކޮޅުގައިއެވެ.

ބައިވެރިވެވަޑައިގެންނެވި ބައެއް ހަގުރާމަތައް

މުސްލިމުންގެ އެއްމެ ފުރަތަމަ ހަގުރާމަ، ބަދުރު ހަގުރާމައިގައި ބައިވެރިވެ ވަޑައިގެން މުސްލިމުންގެ ދިފާއުގައި ހަގުރާމަކުރައްވަމުން ދަނިކޮށް އަމިއްލަ ބައްޕާފުޅު، އަބޫ ޢުބައިދާ އިބްނުލް ޖައްރާޙް (ރއ) އަށް ހަމަލާ ދެއްވިކަމަށް ބުނެއެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ މުޝްރިކުންގެ ލަޝްކަރުގައި ހިމެނިގެން، މުސްލިމުންނާއި ދެކޮޅަށް ހަގުރާމަކުރުމަށް ފަރާތެކެވެ. މިހަމަލާގެ ޖަވާބުގައި ބައްޕާފުޅާއި ހަގުރާމަކުރައްވައި، އަމިއްލަ އަތްޕުޅުން ބައްޕާފުޅު ގަތުލު ކުރެއްވިއެވެ.

މީލާދީން 625 ވަނައަހަރު، އުހުދު ހަގުރާމައިގައި ވެސް ބައިވެރިވި ވަޑައިގެންނެވި އެވެ. މިހަގުރާމާއިގައި ޚާލިދު އިބްން ވަލީދުގެ ކޮމާންޑަރުކަމުގައި މުޝްރިކުންގެ ލަޝްކަރު މުސްލިމުން ވަށާލައި، އަދި މާތް ރަސޫލާ މުޙައްމަދު (ރސއވ) ގެ ހަށިކޮޅު ވަށާލައި ހަމަލާދޭން ފެށުމާއި އެކު، މާތް ރަސޫލާ މުޙައްމަދު (ރސއވ) ގެ ދިފާއުގައި އަމިއްލަފުޅު ހަށިކޮޅު އައްޑަނައަށް ހައްދަވައިގެން ހަގުރާމަކުރުމުގައި ދެމިހުންނެވިއެވެ. އެދުވަހު، މާތް ރަސޫލާ މުޙައްމަދު (ރސއވ) ހަށިކޮޅު ދިގާއު ކުރެއްވުމުގެ ތެރޭގައި، އަބޫ އުބައިދާ އިބްން އަލްޖައްރާ  (ރއ) ގެ ދަތްޕުޅު ހަލާކުވިކަމަށް ބުނެވެއެވެ.

އޭގެ ފަހުން ޚަންދަގު ހަގުރާމައާއި ބަނޫ ގުރައިދާ ހަގުރާމައިގައިވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ބައެއް ވިލެޖުތައް ލޫޓުވަމުންދިޔަ ތާލިބާ އަދި އަންވާރު ނަމަކަށް ކިޔާ ގަބީލާއަކާއި ކުރިމަތިލުމަށް ފޮނުއްވެވި ލަޝްކަރުގައި ކޮމާންޑަރެއްގެ ގޮތުގައިވެސް ހުންނެވިއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް