ads
ސިވިލް ކޯޓު ހިންގަމުން ގެންދާ ޖަސްޓިސް ބިލްޑިން
ޖޫރިމަނާ ނުދައްކާ މީހުން އަތުން ފައިސާ ހޯދަން ކޯޓަށް
އެކި އެކި ކުށްތައް ޝަރީއަތަށް ސާބިތުވެގެން ކުރާ ޖޫރިމަނާތައް ނުދައްކާ މީހުންގެ އަތުން ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ދައުވާކުރަން ފަށައިފި އެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިހާރު އަންނަނީ ކުށް ސާބިތުވެގެން ކުރާ ޖޫރިމަނާތައް ނުދައްކާ މީހުންނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ފައިސާ ދައްކަން ސިވިލް ކޯޓުން މިހާރު ހުކުމް ކޮށްފައިވާއިރު، ބައެއް މައްސަލަތައް ދައުލަތުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ސާބިތުވާ މައްސަލަތަކުގައި ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު ގިނަ މީހުން ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ދައުލަތަކަށް ނުދައްކާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ޖޫރިމަނާ ފައިސާ ހޯދަން ދައުވާކޮށްފައިވާ ބައެއް މައްސަލަތައް އަނބުރާ ގެންދަނީ ޖޫރިމަނާގެ އަދަބު ޖަލު، އަދަބަށް ބަދަލު ކުރުމުގެ ފުރުސަތު ގަވާއިދުގެ ދަށުން އޮންނާތީ އެކަން ކުރުމަށެވެ. ޖޫރިމަނާގެ އަދަބު ޖަލު ނުވަތަ ގޭ ބަންދުގެ އަދަބަށް ބަދަލު ކުރެވޭނީ ކްރިމިނަލް ކޯޓަށް ނުވަތަ އެ މައްސަލައެއް ނިންމި މެޖިސްޓްރޭޓް ކޯޓަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް