އެގޮތުން ސީޝެލްސްއާއި މޮރިޝަސްއާއި ޤަތަރު އަދި ސައުތު އެފްރިކާއާއި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ހުރުން ދީފައިވަނީ ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ފާއިޒް އަށެވެ.
ކެނެޑާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ރުހުން ދިނީ އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު އަބްދުލްގަފޫރު މުހައްމަދަށެވެ.
އަދި އިތިއޯޕިއާއާއި ކެންޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ރުހުން ދިނީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ އަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިން ބޭފުޅުންނަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.