"މޯލްޑިވްސް އޯޕަން 2023" ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އޭޕީއެފްގެ ކަލަންޑަރުގައި އިއުލާނުކޮށްފައިވާ ތާރީޚަކީ މި މަހުގެ 22-26 އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތަށް ކަނޑައަޅާފައިވާ 64 ކުޅުންތެރިންގެ ސްލޮޓުގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ 16 އެތުލީޓުން ބައިވެރިވާއިރު، ރާއްޖޭގެ 16 އެތުލީޓުންނަށްވެސް މި މުބާރާތުން ފުރުސަތު ލިބިގެންދާނެއެވެ.
މޯލްޑިވްސް އޯޕަންގެ ޗެމްޕިއަން ކުޅުންތެރިޔާއަށް ދޭ ޓްރޮފީގެ އިތުރުން 30000 ޑޮލަރުގެ ފައިސާގެ އިނާމާއި 10 ބޯލް އަދި އޭޕީއެފް ރޭންކިން ޕޮއިންޓް ލިބޭނެއެވެ. މިއީ ޖުމްލަ 130000 އެމެރިކާ ޑޮލަރުގެ އަގު ބޮޑު މުބާރާތެކެވެ.