ads
އެޑިއުކޭޝަން މިނިސްޓަރު އަރަބިއްޔާގެ ބެލެނިވެރިންނާއެކު
ދެން ގަދަ 10 ގައި އަރަބިއްޔާއަށް ވާދަ ކުރެވޭނެ
ސާނަވީ ތައުލީމު ނިންމާ ދަރިވަރުންގެ ތެރެއިން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ގަދަ 10 ގައި ވާދަ ނުކުރެވޭގޮތަށް ޒާމާނުއްސުރެ އޮތް އޮތުން މިއަދު ނިމުމަކަށް ގެނެސްފިއެވެ.
Advertisement

"ސާނަވީ ސްކޫލްގެ ކިޔެވުމާއި މަތީ ސާނަވީ ސްކޫލް ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުން ކަނޑައަޅާ އުސޫލް" އަށް މިއަދު ބަދަލު ގެނެސްފައިވާއިރު، ގަދަ 10 ގައި އަރަބިއްޔާ ސްކޫލަށް ވާދަކުރެވޭގޮތަށް ވަނީ ނިންމާފައެވެ.

އަރަބިއްޔާ ނިންމާ ދަރިވަރުން ހަދަމުން ގެންދަނީ ޝަހާދާ ސާނަވިއްޔާ ނުވަތަ ޝަހާދާ އިއުދާދީ އިމްތިހާނު ތަކެވެ. މީގެކުރިން އުސޫލުގައި އޮންނަ ގޮތުން ގަދަ 10 ކަނޑައަޅަނީ އޭލެވެލް ނުވަތަ އޯލެވެލްގައި ހަދާ އިމްތިހާނުތަކަށް ބަލައިގެންނެވެ.

ނަމަވެސް "ސާނަވީ ސްކޫލްގެ ކިޔެވުމާއި މަތީ ސާނަވީ ސްކޫލް ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުން ކަނޑައަޅާ އުސޫލް" އަށް އަލަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އަރަބި މީޑިއަމަށް ކިޔެވި ނަމަވެސް ޝަހާދާ އިއުދާދީ އިމްތިހާނު ހެދިނަމަވެސް ސާނަވީ އަދި މަތީ ސާނަވީ ގަދަ ދިހައެއް ކަނޑައެޅުމުގައި ބަލާނެ ކަމަށެވެ.

އެގޮތުން ސާނަވީ މަރުހަލާގެ ގަދަ ދިހައެއް ކަނޑައަޅާއިރު ޝަހާދާ އިއުދާދީ މާއްދާތަކުގެ ނަތީޖާއާއި އޯލެވެލް ނަތީޖާއަށް ބަލާނެކަމަށް އަލަށް އެކުލަވާލި އުސޫލުގައި ވަނީ ބުނެފައެވެ.

އަދި މަތީ ސާނަވީގެ ގަދަ ދިހައެއް ކަނޑައަޅާނީ ޝަހާދާ ސާނަވިއްޔާ ނިންމާ ދަރިވަރުންގެ ނަތީހާއަށް ބަލައިގެންކަމަށްވެސް އުސޫލުގައި ވަނީ ބުނެފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް