ads
ޓިކްޓޮކް
ކުޑަކުދިންނާ ގުޅޭ މައްސަލައެއްގައި ޓިކްޓޮކް ޖޫރިމަނާކޮށްފި
ޓިކްޓޮކް ބޭނުންކުރުން މަނާ އުމުރުގެ ގިނަ އަދަދެއްގެ ކުޑަކުދިން ޓިކްޓޮކް ބޭނުންކުރަމުންދާ މައްސަލައްގައި އިނގިރޭސި ވިލާތުން ޓިކްޓޮކް ޖޫރިމަނާ ކޮށްފިއެވެ.

ސިންގަޕޫރުގައި ހެޑް އޮފީސް ހުންނަ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ބޮޑު ޖޫރިމަނާއެއް އިނރިގޭސިވިލާތުން ކުރިމަތި ކުރުވިއިރު، ޓިކްޓޮކް ބޭނުންކޮށްގެން އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކޮށް، ފާރަލާކަމަށްބުނެ އެމެރިކާއިން އަންނަނީ އެގައުމުގައި ޓިކްޓޮކް މުޅިން މަނާކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޓިކްޓޮކް ބޭނުންކުރުމުގެ އުސޫލު ބުނާގޮތުން އުމުރުން 13 އަހަރުން ދަށުގެ ކުޑަކުދިންނަށް ޓިކްޓޮކް ބޭނުމެއް ނުކުރެވޭނެ އެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިސީއޯ) އިން ނެރުނު ބަޔާނެއްގައި ބުނީ 2020 ވަނަ އަހަރު އުމުރުން 13 އަހަރުން ދަށުގެ 1.4 މިލިއަން ކުޑަކުދިންނަށް ޓިކްޓޮކް އެކައުންޓް ހުޅުވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ކުޑަކުދިންނާ ގުޅޭ މައުލޫމާތު ގާނޫނާ އެއްގޮތަށް ރައްކާތެރި ނުކުރެވޭކަމަށް ކަނޑައަޅާ ޓިކްޓޮކް 15.9 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވާކަމަށް އިނގިރޭސިވިލާތުގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިސީއޯ) ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް