ads
ތައިލެންޑްގައި ހައްޔަރުކުރި ދިވެހިމީހާއާއެކު އެގައުމުގެ އޮފިސަރުން
އަނެއްކާވެސް ތައިލެންޑްގައި ދިވެއްސަކު ހައްޔަރުކޮށްފި
ވިހަގަދަ މަނާ ދިރާ ސޫފިތަކެއް ރާއްޖެ އެތެރެކުރަން އުޅުނު ދިވެހިންތަކެއް މިފަހު ތައިލެންޑްގައި ހައްޔަރުކޮށްފައި ވަނިކޮށް، ދޫނިތަކެއް ވަގަށް ރާއްޖެ ގެންނަން އުޅުނު ދިވެއްސަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ތައިލެންޑްގެ ނޫސްތަކުގައި ބުނެފައިވާގޮތުން އެގައުމުގެ ފުލުހުންނާއި އިމިގްރޭޝަން އަދި ބޯޑަ ކޮންޓްރޯލް ގުޅިގެން އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.

ނޫސްތަކުގައި ބުނެފައިވާގޮތުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އަތުލައި ގަނެފައިވަނީ ބާޒު އާއިލާގެ އެކި ބާވަތްތަކުގެ ދޫނި ތަކެވެ. އެތަކެތީގެ އަގު ތައިލެންޑްގައި ބައި ލައްކަ ދިވެހި ރުފިޔާއަށް ވުރެ މަތިވާނެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި ރާއްޖޭގެ މާކެޓްގައި އެތަކެތީގެ އަގު ލައްކައިން ގުނާލެވޭނެއެވެ.

your imageރާއްޖެ އެތެރެކުރަން އުޅުނު ބާޒެއް

މިމައްސަލާގައި ހައްޔަރުކުރި މީހާގެ ފޮޓޮއާއި އޭނާގެ ލަގެޖްގެ ފޮޓޯތައްވެސް ތައިލެންޑްގެ ނޫސްތަކުގައި ވަނީ އާއްމުކޮށްފައެވެ.

އެގޮތުން އޭނާގެ ފޮށިތަކުގައި ޕްލާސްޓިކް ޓްރޭތަކުގައި ކޮށިގޮތަށް ހަދާ، ދޫނިތައް ރައްކާކޮށްފައިވާތަން ފެނެއެވެ. 

މީގެކުރިންވެސް ވިހަ ގަދަ ބޮއްތަކަކާއި ފައިދިގު މަކުނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުނު ދިވެހިންތަކެއް ތައިލެންޑްގައި ވަނީ ހައްޔަރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް