ads
ހުޅުމީދޫ ސްޕޯޓްސް ކޮމްޕްލެކްސް ގެ ތަސްވީރެއް
ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްގީކުރަނީ
ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޟަރީ އިން އިއުލާނު ކޮށްފިއެވެ.
Advertisement

މިނިސްޓްރީ އޮފް ފިނޭންސް އިން ކޮށްފައިވާ އިއުލާނުގައިވާގޮތުން، މި ސްޕޯޓްސް ކޮމްޕްލެކްސް އަކީ، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ އެދިލެއްވުމުގެ މަތިން އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގްރާންޓްގެ ދަށުން ތައްގީ ކުރެވިގެންދާނެ އިމާރާތެކެވެ.

މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އެންސީބީ)ގެ އުސޫލުގެ މަތިންކަމަށާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ހާޟިރުގައި ބިޑު ހުޅުވުން އޮންނާނީ 19 އެޕްރީލް 2023 ވަނަދުވަހުގައިކަމަށް ވެސް މި އިއުލާނުގައި ވެއެވެ.

މި ސްޕޯޓްސް ކޮމްޕެލްކްސް ތަރައްގީކޮށް ނިމޭއިރު، އެތަނުގައި ބެޑްމިންޓަން، ނެޓްބޯޅަ، ވޮލީބޯޅަ، ކެރަމް، އަދި ބިލިއާޑް ފަދަ ކުޅިވަރުތަކަށް ކޭޓަ ކުރެވޭނެ މަލްޓި ޕާޕަސް ސްޕޯޓްސް ފެސިލިޓީއެއް ތަރައްގީކުރެވިގެންދާނެ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެގަފައިއެވެ.

ގދ.ގައްދޫގައި ސްޕޯޓްސް ކޮމްލެކްސް އެއް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކުރެވުނީ 18 ޖެނުއަރީ 2023 ވަނަދުވަހު ނ.މަނަދޫގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖައިޝަަންކަރުއެވެ. 18 ޖެނުއަރީ 2023 ވަނަދުވަހު ސޮއިކުރެވުނު އެއްބަސްވުމަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގްރާންޓަށް 100 މިލިއަން ރުފިޔާ އިތުރުކުރަން ވެވުނު އެއްބަސްވުމެކެވެ. ގައްދޫ ސްޕޯޓްސް ކޮމްލެކްސް އިމާރާތްކުރެވިގެންދާނީ މިއިތުރުކުރެވުނު 100 މިލިއަން ރުފިޔާގެ ތެރެއިންނެވެ.

ގދ.ގައްދޫގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާއިރު، އެރަށުގެ މަގު ހެދުމުގެ މަސައްކަތްވެސް އާރުޑީސީގެ ފަރާތުން ކުރިއަށް ގެންދާކަން މިފުރުސަތުގައި ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް