ads
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް އދ. ދިއްދޫ ހެލްތު ސެންޓަރު ދިއްލާލުމަށް ސްޓެލްކޯގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި - ފޮޓޯ:ސްޓެލްކޯ
ސިއްހަތު ދުވަހު އދ.ދިއްދޫ ހެލްތް ސެންޓަރު ދިއްލާލުމަށް އެހީތެރިވެދީފި
ރާއްޖޭގެ ސިއްހީ ދާއިރާއަށް 75 އަހަރު ފުރުމާއި ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް އދ. ދިއްދޫ ހެލްތު ސެންޓަރު ދިއްލާލުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
Advertisement

ސްޓެލްކޯއިން ބުނި ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް 75 އަހަރު ފުރުމާއި ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށްޓަކައި ދިއްދޫ ހެލްތު ސެންޓަރުގެ އެދުމުގެ މަތިން އެ ސެންޓަރު ދިއްލާލުމަށް އެ ރަށު އިންޖީނުގޭގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައެވެ.

ސްޓެލްކޯގެ މުވައްޒަފުން ދިއްދޫ ހެލްތު ސެންޓަރު ދިއްލާލުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ އިންޖީނުގެތައް ދިއްލާލައިފައެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއަށާއި ރާއްޖޭގެ ސިއްހީ ދާއިރާއަށް 75 އަހަރު ފުރުމާއި ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށްޓަކައި، އެ ކުންފުނީގެ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ އިންޖީނުގެ ދިއްލާލާފައިވާ ކަމަށެވެ.

your imageދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް އދ. ދިއްދޫ ހެލްތު ސެންޓަރު ދިއްލާލުމަށް ސްޓެލްކޯގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި - ފޮޓޯ:ސްޓެލްކޯ

ސިއްހަތުގެ ދުވަހާ ގުޅިގެން ސްޓެލްކޯއިން ބުނީ ސިއްހީ ދާއިރާގެ އެންމެހާ މަސައްކަތްތެރީންގެ ބުރަ މަސައްކަތްތައް ޝުކުރުވެރިކަމާ އެކު ބަލައިގަންނަން ޖެހޭ ކަމަށެވެ.

ކޮންމެ އަަހަރެއްގެވެސް އެޕްރީލް މަހުގެ ހަތްވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައެވެ. މި އަހަރުގެ ސިއްހަތު ދުވަހަށް، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ ހެލްތު ފޯ އޯލް ނުވަތަ 'ސިއްހަތު އެންމެނަށް' ށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް