ރާކީ އިސްލާމްވިކަން އިއުލާނުކުރީ މިއަހަރު ކުރީ ކޮޅެވެ. އެއީ އާދިލް ކިޔާ މުސްލިމަކާ ކައިވެނިކުރަންވެގެންކަމަށް ރާކީ ބުނެއެވެ.
ނަމަވެސް މި ރޯދަ މަހުވެސް އޭނާ ދުވާލު ވަގުތު ޗުވިންގަމެއް ކަނިކޮށް ވަނީ ނޫސްވެރިންނަށް ފެނިފައެވެ. އެ މައްސަލައިގައި ސުވާލުކުރުމުން ރާކީ ބުނީ " ޗުވިންގަމް ކެވުނީ ދަތުރުކުރާތީ ހަނދާންނެތިގެން" ކަމަށެވެ.
އެ ދުވަހުވެސް ރާކީ ބުނީ އޭނާ ނަމާދުވެސް ކުރާ ކަމަށެވެ. އަދި އޭނާ އަކީ މުސްލިމެއް ކަމަށެވެ.
މިގޮތުން އޭނާ ނަމާދުކުރާ މަންޒަރު ސޯޝަލް މީޑިއާގައި ރޭ ވައިރަލްވިއެވެ. ގިނަބަޔަކު ރާކީ އަށް ފާޑުކީ އޭނާ ލައިގެން ހުރި ހެދުން ބާރު ކަމުންނެވެ.
ރާކީ މަޝްހޫރު ވެފައިވަނީ ބިގްބޮސް އިންނެވެ. އަދި ބައެއް ހިންދީ ފިލްމުތައް ކުޅުމުގެ އިތުރުން، އިންޑިއާގެ ބައެެއް ޓީވީ ޗެނަލްތަކުގުގައި ރާކީ ވަނީ ޓީވީ ޕްރޮގްރާމްތައް ވެސް ހުށަހަޅާފައެވެ.