ads
މިނިސްޓަރ މަހްލޫފު
މަހުލޫފަށް ކުރި ދައުވާ އެންމެ ފަހުން އަނބުރާ ގެންދަނީ
ކުޅިވަރު ވަޒީރު އަހުމަދު މަހްލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
Advertisement

ޕީޖީ އޮފީހުން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އަދި އެއްޗެއް ނުބުނި ނަމަވެސް މިކަން އިތުބާރު ހުރި ފަރާތްތަކުންވަނީ ކަށަވަރު ކުރެވިފައެވެ.

ކުރިން ޑީއާރުޕީގައި އަދި އޭގެ ފަހުން ޕީޕީއެމްގައި އިސްކޮށް އުޅުއްވި މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ. އެއީ މަހްލޫފު އެމްޑީޕީއަށް ސޮއި ކުރުމުގެ ކުރިންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްލޫފާ ދެކޮޅަށް ކުރާ ދައުވާ އަނބުރާ ގެންދަން ނިންމީ މިހާރު މައްސަލަ އޮތް ހިސާބުން އަލުން މުރާޖައާކޮށް ބެލިއިރު މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީ އެވެ. އެހެންވެ މިހާރު ވަނީ ދައުވާ އަނބުރާ ގެންނަން ކްރިމިނަލް ކޯޓުގައި އެދިފައި ކަމަށް ވަނީ އެނގިފަ އެވެ. 

މި މައްސަލަ ކުރިން އެއް ފަހަރު ކްރިމިނަލް ކޯޓުން ބޭރުވެސް ކޮށްލިއެވެ. އެކަމަކު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އަމުރު ކުރީ ކްރިމިނަލް ކޯޓުން މައްސަލަ ބަލާށެވެ. މިހެން އޮއްވާ ދެވަނަ ފަހަރަށް މުރާޖައާ ކުރަން ޖެހުނު ސަބަބެއް ނޭގެއެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމާ އެކު އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ދައުވާކުރުން ލަސްވެގެން ކަމަށް ބުނެ ސަސްޕެންޝަން އުވާލީ އެވެ. 

މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމް ކުރުމުން ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ފެށި ނަމަވެސް މި މައްސަލާގައި ވަރަށް ގިނަ އަޑުއެހުންތައް ވަނީ ދައުލަތުން އެދިގެންނާއި އެކި ސަބަބުތަކާ ހެދި ކެންސަލްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް