ads
ގުބާ މިސްކިތް
އަބޫ އައްޔޫބް އަލް އަންސާރީ (ރއ)ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، އަބޫ އައްޔޫބް އަލް އަންސާރީ (ރއ) ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.
Advertisement

އަބޫ އައްޔޫބް އަލް އަންސާރީ (ރއ) ނުވަތަ އަސްލު ނަންފުޅުންނަމަ، ޚާލިދު އިބްން ޒައިދް އިބްން ޚުލައިބް އިބްން ތަލާބާ ނިސްބަތްވެވަޑައިގަންނަވަނީ ބަނޫ ނަޖަރު ވަންހައަށެވެ. އަބޫ އައްޔޫބް އަލް އަންސާރީ (ރއ) އަކީ މާތް ނަބިއްޔާ މުހައްމަދު (ރސއވ)ގެ އަރިސް އަސްހާބުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަކެވެކެވެ. އިސްލާމީ ލަޝްކަރުގެ ޖަޑިބު ނުވަތަ ދިދަ އުފުއްލުވެމުގެ ޝަރަފު ހޯއްދަވައިގެން ހުންނެވި ބޭކަލެކެވެ.

އާއިލާ އަދި ކުރީގެ ދިރިއުޅުއްވުން

އަބޫ އައްޔޫބް އަލް އަންސާރީ (ރއ) އުފަންވެވަޑައިގަތީ މަދީނާގެ ހިޖާޒްއަށެވެ. ބަނޫ ޚަޒްރަޖް ވަންހައިގެ ނައްޖާރު އާއިލާއަށެވެ. އަބޫ އައްޔޫބް އަލް އަންސާރީ (ރއ) އަކީ އެކަލޭގެފާނު ނިސްބަތްވެވަޑައިގެންނެވި އާއިލާގެ އިސްބޭފުޅަކަށް ވުމާއެކު، މަދީނާގެ ފަރާތުން މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި ބައްދަލުކުރުމުށް އަގަބާއަށް ޒިޔާރަތްކުރުމަށް އެކުލަވާލެވުނު ވަފްދުގައި ހިމެނިވަޑައިގަތެވެ. މިދަތުރުފުޅުގައި، އިސްލާމްދީން ގަބޫލްކޮށް، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަބޫ އައްޔޫބް އަލް އަންސާރީ (ރއ)ގެ ނަންފުޅުން ނަންދެއްވިއެވެ. އަބޫ އައްޔުބް އަލް އަންސާރީ (ރއ)ގެ ދަރިފަސްކޮޅު މާތްﷲގެ ޚަލީލް އިބްރާހިމް އަލައިހިއްސަލާމްގެ ދަރިކަލުން އިސްމާއިލްގެފާނުގެ ނަސަބުފުޅާއި ގުޅިވަޑައިގަންނަވާކަމަށް ބުނެވެއެވެ.

މާތް ނަބިއްޔާ މުޙައްމަދު (ރސއވ) މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުން، މަދީނާގެ މުޅި ރައްޔިތުންހެން އެކަލޭގެފާނު ހުންނެވުމަށް ގެކޮޅު ހަމަޖެއްސެވިއެވެ. އެހެންނަމަވެސް މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ނިންމެވީ، އެކަލޭގެފާނު ސަވާރުވެގެން އިންނެވި ޖަމަލުކޮޅު މަޑުކޮށްލާ ގެއެއްގައި ހުންނެވުމަށެވެ. ޖަމަލުކޮޅު ގޮސް މަޑުކޮށްލީ، އަބޫ އައްޔޫބް އަލް އަންސާރީ (ރއ)ގެ ގެކޮޅަށެވެ. މިކަމާއި އުފަލުން، އަބޫ އައްޔޫބް އަލް އަންސާރީ (ރއ) މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އާއި، އަބޫބަކުރު އަލް ސިއްދީގީ (ރއ) އާއި ދެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރުކުރެއްވިއެވެ. އެހެންނަމަވެސް މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ގެ ނިންމެވުމަކަށްވީ، ހިޖްރައަށް ވަޑައިގަތް ހުރިހާ މުހާޖިރު ބޭކަލުން، އެކަލޭގެފާނާއި އެކު އަބޫ އައްޔޫބް އަލް އަންސާރީ (ރއ)ގެ ގެކޮޅުން ކެއުން ބެއްލެވުމަށެވެ. އެއްމެ ދެބޭކަލަކަށް ތައްޔާރުކުރެވުނު ފަރިއްކޮޅުން ގާތްގަނޑަކަށް 180 ބޭކަލުންނަށް ކާން ދެވުނު ކަމަށް ބުނެވެއެވެ.

މާތް ނަބިއްޔާ މުޙައްމަދު (ރސއވ) މަސްޖިދު އަލް ނަބަވީ ބިނާކުރެއްވުމަށް ނިންމަވާ، މިސްކިތް ބިނާކުރައްވަން ބިމެއް ހޯދުމުގެ މަސައްކަތް ފެއްޓެވުމާއެކު، ސަހާލް އަދި ސުހައިލް ނަމަކަށް ކިޔުނު ޔަތީމް ދެ ކުދިން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި އެ ދެކުދިންގެ ނަމުގެގައި އޮތް ބިމެއް އެކަލޭގެފާނުގެ މިސްކިތް ބިނާކުރެއްވުމަށް ހަދިޔާއަކަށް ދެއްވުމަށް ނިންމެވި ވާހަކަ ދެންނެވިއެވެ. އެހެންނަމަވެސް، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)، އެ ދެކުދިންނަކީ ޔަތީމު ދެކުދިން ކަމަށްވުމާއެކު، އަގަކާ ނުލާ އެބިން ނުނަގާން ނިންމެވިއެވެ. ފަހުން އެ ދެކުދިން ބިން ވިއްކާލުމަށް އެއްބަސްވުމާއެކު، އެ ބިމަށްވާ އަގު ދެއްކެވީ އަބޫ އައްޔޫބް އަލް އަންސާރީ (ރއ) އެވެ. ވުމާއެކު، އަބޫ އައްޔޫބް އަލް އަންސާރީ (ރއ) އަކީ މަސްޖިދު އަލް ނަބަވީގެ ވާގިފް ކަމުގައި ވެގެން ދިޔައީއެވެ. ޚުލަފާއުއް ރާޝިދޫންގެ ގެ ދައުރުގައި، އަލީގެފާނު (ރއ)ގެ ޚަލީފާކަމުގައި، މަދީނާގެ ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވީވެސް އަބޫ އައްޔޫބް އަލް އަންސާރީ (ރއ) އެވެ.

މިސްރަށް ބަދަލުވެވަޑައިގަތުން

މުސްލިމުންގެ ބާރުގެ ދަށަށް މިސްރު ގެނެވުމާއެކު، މިސްރުގައި އޭރު ވެރިކަން ކުރަމުންދިޔަ ފުސްތާތު ޝަހަރަށް އަބޫ އައްޔޫބް އަލް އަންސާރީ (ރއ) ބަދަލުވެވަޑައިގެންނެވިއެވެ. ދިރިއުޅުއްވީ އަމްރް ބިން އަލް އާސްގެ މިސްކިތާއި ޖެހިގެން ހުންނެވި ގެކޮޅުގައިއެވެ. އެކަލޭގެފާނާއެކު، މިޝަހަރުގައި، އަސްހާބުބޭކަލުންގެ ތެރެއިން ގިނަ ބޭކަލުންތަކެއް އުޅުއްވިކަމަށްވެއެވެ. އޭގެތެރޭގައި، ޒުބައިރު އިބްން އަލް އައްވާމް އާއި، އުބައިދާ އާއި، އަބޫ ދަރު އާއި، އަބްދުﷲ އިބްން އުމަރު އާއި އަބްދުﷲ އިބްން އަމްރް އިބްން އަލް އާސް ފަދަ ބޭކަލުން ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް