ads
ސީސީޓީވީ
ބުރުގާ ނާޅާ މީހުން ދެނެގަނެ އަދަބުދޭން ހާއްސާ ކެމެރާތަކެއް އީރާނުގައި ހަރުކޮށްފި
ބުރުގާ ނާޅާ މީހުން ދެނެގަތުމަށް ހާއްސަ ކެމެރާތަކެއް އީރާނުގެ މަގުތައް މަތީގައި ހަރުކޮށްފިކަން މިއަދު ހާމަކޮށްފިއެވެ.

އީރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އެ ކެމެރާތަކުގެ ބޭނުމަކީ ބުރުގާ ނާޅައި މަގުމަތީގައި އުޅޭ މީހުން ދެނެގަނެ އަދަބު ދިނުމެވެ. 

މިގޮތުން ބުރުގާ ނާޅާ މަގުމަތީގައި އުޅޭ މީހުންނަށް އެމީހުންނަށް ދޭން ކަނޑައެޅި އަދަބުތެ ތަފްސީލާއެކު އެސްއެމްއެސް މެސެޖެއްގެ ގޮތުގައި ލިބޭނެކަމަށް އީރާނު ފުލުހުން ވަނީ ބުނެފައެވެ. 

މި ކެމެރާތަކުން ދެނެގަންނަ ބައެއް މީހުންނަށް އިންޒާރުގެ މެސެޖު ވެސް ފޮނުވާނެކަމަށް އީރާނު ފުލުހުން ބުނެއެވެ. 

"މިއީ ބުރުގާއާއި ބެހޭ ގާނޫނަށް އަމަލުކުރުން އިތުރުކުުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް،" ފުލުހުން މިއަދު ބުނެފައިވެއެވެ.

އީރާނު ފުލުހުން މި ނިމުނު އަހަރުގެ ފަހުކޮޅު އަނިޔާކޮށްގެން އުމުރުން 22 އަހަރުގެ މާޝާ އަމީނީ ކިޔާ ކުއްޖަކު މަރައިލުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، އީރާނުގެ ގިނަބަޔަކު އަންނަނީ އަދިވެސް މުޒާހަރާކުރަމުންނެވެ. އެ ކުއްޖާ މަރާލީ ބުރުގާ ނާޅައި މަގުމަތީގައި އުޅުމުގެ ސަބަބުންނެވެ. 

ބައެއް ވީޑިއޯތަކުން ފެންނަގޮތުން އީރާނުގެ ސިފައިންނާއި ފުލުން ގެންދަނީ މުޒާހަރާ ކުރާމީހުންނަށް ވަރަށް ބޮޑަށް އަނިޔާކުރަމުންނެވެ. 

މާޝާ މަރައިލި ފަހުން ގިނަ އަދަދެއްގެ އީރާން އަންހެނުން އަންނަނީ އެމީހުން ބުރުގާ އަޅަން ބޭނުންނުވާކަމަށް ބުނަމުންނެވެ. 

އީރާނުގައި މަގުމަތީގައި ބުރުގާ ނާޅާ އުޅެގެން ބައެއް އަންހެނުންނަށް 15 އަހަރުގެ ޖަލު ހުކުން ވެސް އިއްވާފައި އެބަހުއްޓެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް