ads
ފޮޓޯ:ޒަކާތް ދައްކަނީ
މާދަމާއިން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނާނެ
މާދަމާއިން ފެށިގެން ފިތުރު ޒަކާތް ގޮވާމުން ބަލައިގަންނަން ފަށާނެކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެފިއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނަމުން ދާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މާލެގައި މަޖީދިއްޔާ ސްކޫލާއި ސަލާހުއްދީން ސްކޫލުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުން ޒަކާތް ބަލައިގަންނާނެކަމަށްވެސް އެ މިނިސްޓްރިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް