ads
އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު
ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކިއަސް ދަރަނި ނުދެއްކޭނެ: އަމްރު
ފެނަކަ ކޯޕޮރޭޝަން ލިމިޓެޑް ވަނީ، އެކުންފުނީގެ ހުރިހާ އެސެޓެއް ވިއްކިޔަސް، ދަރަނި ނުދެއްކޭވަރަށް ދަރާފަ ކަމަށް ވިދާޅުވެ، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ލ.ގަމުން ޑީސަލް ހުސްވެ، އެރަށުން އިއްޔެ ކަރަންޓް ކެނޑުނު މައްސަލާގައި އަމްރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެއްވެސް ރަށަކުން ޑީސަލް ހުސްވެގެން ކަރަންޓް ކެނޑެންޖެހޭފަދަ ހާލަތަކަށް ދުވަހަކުވެސް ރާއްޖެ ގޮސްފައިނުވާކަމަށާއި، ފެނަކައިގެ ހިންގުން ވަނީ ދޯދިޔާވެ، ވަރަށް ބޮޑަށް ބޮއްސުންލާފައި ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އަދި މިހާރުގެ ހާލަތު ހުރިގޮތަށް ބަލާއިރު، ފެނަކައިގެ ހުރިހާ އެސެޓެއް ވިއްކިޔަސް، އެކުންފުނީގެ ދަރަނި ނުދެއްކޭވަރަށް ދަރާފަވާ ކަމަށާއި، މިމައްސަލައަށް އެއްވެސް ހައްލެއް އެއްވެސް މުއައްސަސާއަކުންވެސް ލިބިފައިނުވާކަމަށްވެސް އަމްރު ވިދާޅުވިއެއެވެ.

ގަމުން އިއްޔެ ކަރަންޓް ކެނޑުނު މައްސަލާގައި ގަމު ފެނަކަ މެނޭޖަރު ފާރޫގް ހުސައިން އިއްޔެވަނީ ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކުރީ ގަމުން ޑީސަލް ހުސްވިއިރުވެސް ފެނަކައަށް ޑީސަލް ނުހޯދުމާއި ތެޔޮ ހުސްވީ މެނޭޖަރުގެ ޒިންމާ ނުނެގުމުން ކަމަށްވާތީ އެވެ.

ގަމަށް އިއްޔެ ކަރަންޓްދިނީ އެސަރަހައްދުގައި އޮފް އެފްއެސްއެމްގެ ތެޔޮ ބޯޓަކުން ފަހުން ތެޔޮ ގަނެގެންނެވެ. ތެޔޮ ހުސްވެ ގަމުން އިއްޔެ ގަޑިއެއްހާއިރަށް ކަރަންޓް ކެނޑުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް