ads
މިނިސްޓަރު މިއަދު މަޖިލީހުގައި
އަންނަ އަހަރުގެ ދިރާސީ އަހަރަށް އަރަބިއްޔާ ނިންމަނީ
އަންނަ 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް އަރަބިއްޔާ ސްކޫލްގެ އާއިމާރާތުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރަމުން ދާނަމަ 2024 ގެ ދިރާސީ އަހަރަށް އަރަބިއްޔާގެ އާއިމާރާތުގެ މަސައްކަތް ނިމި ބޭނުން ކުރެވެން ފެށޭނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޓް އުސޫލުން ކުރުމަށްހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. 

ބާޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަޅާ އަރަބިއްޔާގެ މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 168 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އިމާރާތުގެ ކޮންސެޕްޓް ޑިޒައިން މިހާރު އެއްކޮށް ފައިނަލް ކޮށްފައިވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ ޑީޓެއިލް ޑްރޯވިންގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ވެސް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އަދި އަރަބިއްޔާ ސްކޫލް އިމާރަތް ކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދުގެ ވަގުތެއްގައި ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް