ads
މާޒިޔާގެ ކޯޗު އިވާން
ޓީސީން އުޅުނީ ބޯޅަ ކުޅޭކަށް ނޫން: މާޒިޔާ ކޯޗު
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޓީސީން އުޅުނީ ބޯޅަ ކުޅެން ނޫން ކަމަށް މާޒިޔާގެ ކޯޗު އިވާން ވެންކޯވް ބުނެފިއެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފުރަތަމަ މެޗުގައި މާޒިޔާއިން ރޭވަނީ ޓީސީ ބަލިކޮށްފައެވެ. މާޒިޔާއާ ޓީސީގެ މެޗުން މާޒިޔާ ރޭ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. ޓީސީ ބަލިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިވާން ބުނީ، ޓީސީން އުޅުނީ ބޯޅަ ކުޅެން ނޫން ކަމަށެވެ. އިވާން ފާހަގަ ކުރީ އެކިއެކި ސަބަބުތަކާ ހުރެ މެޗު ލަސްވެގެން ދިޔަ ކަންކަމުގެ ވާހަކައެވެ.

30 ވަރަކަށް މިނިޓް މި ދިޔައީ އިންޖަރީވީ ކުޅުންތެރިންނަށް ފަރުވާ ދިނުމުގައި. އެއީ 15 ވަރަކަށް މިނިޓް މި ކުޅެވުނީ. މިއީކީ ފުޓްބޯޅައެއް ނޫން. ދެވަނަ ހާފާ މެދު ކޮމެންޓެއްވެސް ކުރާކަށް ބޭނުމެއް ނޫން. މިކަންކަމާ މެދު ކުރިއަށް ހުރި މެޗުތަކުގައި އަހަރުމެން އިތުރަށް ވިސްނަން ޖެހޭ - މާޒިޔާ ކޯޗު އިވާން

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީސީ ރޭގެ މެޗު ކުޅުނީ އެންމެ ތިން ޕްރެކްޓިހަށް ފަހުއެވެ. ރަނގަޅު ޕްރީސީޒަނެއް ހަދާފައި ނުވާތީ އެ ޓީމުގެ ގިނަ ކުޅުންތެރިންގެ މެޗު ފިޓްނަސް މައްސަލަ ރޭގެ މެޗުން ފާހަގަ ވިއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި މާޒިޔާއިން ޖެހި ދެ ލަނޑުވެސް ޖެހީ އެ ޓީމުގެ އިބްރާހިމް އައިސަމްއެވެ. އައިސަމްއަކީ ކުރިން ޓީސީއަށް ކުޅުނު ކުޅުންތެރިއެކެވެ. މިއީ މާޒިޔާގެ މި ސީޒަންގެ ދެވަނަ މޮޅެވެ. މާޒިޔާވަނީ ސީޒަން ހުޅުވަން ކުޅުނު މެޗުގައި އީގަލްސް އަތުން މޮޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް