އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު މިއަދު ކުރެއްވި ހުކުމުގައި ވަނީ މައްސަލަ ހުށަހެޅި އަލީ އަމްޖަދަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ހުށަހެޅި ނުކުތާތަކަކަށް ތާއީދުކޮށްފަ އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އަލީ އަމްޖަދުގެ ނަން އޮތަސް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އޭނާގެ ނަން އޮތީ ޖުމްހޫރީ ޕާޓީގައި ކަމާއި، އޭނާ އެމްޑީޕީން ވަކިކުރީ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ކަމަށް ބުނާ ބުނުމަކީ އިދާރީ އޮޅުމެއް ކަން ވެސް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތް ކަމަށް ހުކުމުގައިވެ އެވެ.