ads
އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު
ފުށް ފެކްޓްރީ ނޭޅުނީ ރައީސް އޮފީހުން ބޭނުން ނުވުމުން: އަމްރު
ރާއްޖޭގައި އަޅަން ނިންމި ފުށް ފެކްޓްރީ ނޭޅުނީ، ފެކްޓްރީ ކުޅުދުއްފުށީގައި އަޅަން ރައީސް އޮފީހުން ބޭނުން ނުވުމުން ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުޅު ވެއްޖެ އެވެ.

އަމްރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ރާޢްޖޭގައި ފުށް ފެކްޓްރީއެއް އެޅުމަކީ އޭނާގެ ޕްލޭނެއް ކަމަށާއި، އެސްޓީއޯ އާއި ހަވާލުވުމުގެ ކުރިން ވެސް ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމާމެދު ވާހަކަ ދައްކާފައި ވާނެ ކަމަށެވެ.

އެހެން ނަމަވެސް، އެކަން ނުކުރެވިއޮތީ، ފެކްޓްރީ ކުޅުދުއްފުށީގައި ގާއިމްކުރުމަށް ރައީސް އޮފީހުން ބޭނުން ނުވުމުން ކަމަށާއި، އަދި ބަދަލުގަ އެ އެކަމަށް އެހެން ތަނެއް ވެސް ރައީސް އޮފީހުން ދައްކާފައި ނުވާކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު މިމޭރުމުން ވާހަކަ ދެއްކެވި އިރު ކުޅުދުއްފުށީ އުތުރު ދާޢިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފަ އެވެ. ޔާސިރު ވިދާޅުވިގޮތުން، ފުށް ފެކްޓްރީ އެޅުމުގެ ޕްރޮޖެކްޓަކީ، މޭ މަހުގެ ކުރިން ސަރުކާރުގެ ހުރިހާ ލެވެލްއަކުން ގޮތްނިމި، ރަސްމީކޮށް އިއުލާނުކުރެވި، އަދި އެޕްރޮޖެކްޓަށް އެތަކެއް އަމަލީ މަސައްކަތްތަކެއް ކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

ނަމަވެސް ފެކްޓްރީގެ މަސައްކަތް ލަސްވެގެން ދަނީ ކުޅުދުއްފުށީގައި ފެކްޓްރީ އެޅުމާމެދު ރައީސް އޮފީހުން ގޮތެއް ނުނިންމިގެންކަމަށްވެސް ޔާސިރު ވިދާލުވެފައިވެއެވެ.

ފުށް ފެކްޓްރީ ނޭޅުނީ، ފެކްޓްރީ ކުޅުދުއްފުށީގައި އަޅަން ރައީސް އޮފީހުން ބޭނުން ނުވުމުން ކަމަށް ވިދާޅުވެ އަމްރު ވާހަކަ ދައްކަވަން މި ފެއްޓީ އެސްޓީއޯގެ އެމްޑީ ކަމުން ވަކި ކުރުމާ ގުޅިގެންނެވެ. ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވަން ފެއްޓެވުމުން އަމްރު އެސްޓީއޯގެ އެމްޑީ ކަމުން ވަކި ކުރެއްވީ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް