ads
ޗެސް މުބާރާތެއްގެ ތެރެއިން: އެމްސީއޭއިން
ނެޝަނަލް ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން ބާއްވާ ނެޝަނަލް ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ އެމްސީއޭއިން ބާއްވާ އެންމެ ބޮޑު މުބާރާތެވެ. 2008 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް މީގެ ކުރިން މެދުކަނޑާލާފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު އެކަންޏެވެ. 

އެމްސީއޭއިން ބުނީ މިއީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމަށް ބާއްވާ މުބާރާތެއްކަމަށާއި މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ ކްލަބް ކެޓަގަރީ، ވިމެންސް ކެޓަގަރީ އަދި އޯޕަންސް ކެޓަގަރީ ހިމެނޭގޮތަށް ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ކުރިން ގައުމީ މުބާރާތް ބާއްވަމުން ގެންދިޔައީ މިއިން ކޮންމެ ކެޓަގަރީއެއް ވަކި މުބާރާތެއްގެ ގޮތުގައެވެ. 

މިއަހަރުގެ ގައުމީ މުބާރާތް އިއުލާނުކޮށްފައިވާއިރު ކްލަބް ކެޓަގަރީގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މުބާރާތުގައި މި ކެޓަގަރީގެ މެޗުތައް އޮންނާނީ މޭ ހަތަރަކުން 12ގެ ނިޔަލަށެވެ. 

ވިމެންސް ކެޓަގަރީގައި ބައިވެރިވެވޭނީ މެއި 10 ގެ ކުރީންނެވެ. މި ކެޓަގަރީގެ ކުޅުން އޮންނާނީ މެއި 17ން 26ގެ ނިޔަލަށެވެ. އޯޕަން ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވަނީ ޖޫން އެއްވަނަ ދުވަހާއި ހަމައަށެވެ. މި ކެޓަގަރީގެ މެޗުތައް ކުރިއަށް ދާނީ ޖޫން ހަތަކުން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މި މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 80،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް