ads
ލޭޑީ އަމެލިއާ އަދި ޑަޔާނާ
ޑަޔާނާގެ ކޮއްކޮ ރާއްޖެ ވަޑައިގެންފި
އިނގިރޭސި ވިލާތުގެ ޕްރިންސަސް ޑަޔަނާއަށް ބޮޑުދައިތަ ވިދާޅުވާ ލޭޑީ އަމެލިއާ ސްޕެންސާ ރާއްޖެ ވަޑައިގެންފި އެވެ.

އުމުރުފުޅުން 30 އަހަރުގެ ލޭޑީ އަމެލިއާ ތުއްތުޕުޅުއިރު ޑަޔާނާއެކު އުޅުއްވި ހަނދުމަވާކަމަށް އޭނާ ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފައެވެ. 

"އެންމެ ހަނދާން ވަނީ ޕަޕަރާޒީންތަކެއް ފަހަތުން އަޅުވާލައިގެން އުޅެނިކޮށް އަޅުގަނޑު ފޮރުވަން މަސައްކަތް ކުރެއްވި ހަނދާން،" ލޭޑީ އަމެލިއާ ޑަޔާނާއެކު އުޅުއްވި ހަނދާނާ ގުޅޭގޮތުން ވިދާޅުވި އެވެ. 

ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވިއިރު ލޭޑީ އަމެލިއާ ގެ އުމުރުފުޅަކީ ގާތްގަނޑަކަށް ފަސް އަހަރެވެ. 

ވޭލްސްގެ ޕްރިންސެސް ޑަޔާނާ އަކީ އިންސާނީ އެހީތެރިކަމާއި އިނގިރޭސި ޝާހީ އާއިލާގެ މެންބަރެކެވެ. އެއީ ޗާލްސް ތިން ވަނަ ރަސްގެފާނުގެ ފުރަތަމަ އަނބިކަނބަލުންގެ އިތުރުން ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީގެ މަންމާފުޅެވެ. ޑަޔާނާ ވަނީ ގެދޮރު ނެތުމާއި ކެންސަރާއި އެއިޑްސް އަށް ހޭލުންތެރިކުރުމާއި ރައްކާތެރިވުން ފަދަ މުހިންމު ސަބަބުތަކަށް ވަކާލާތު ކުރައްވާފަ އެވެ. ޕްރިންސެސް ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އުމުރުފުޅުން 36 އަހަރެވެ.

your imageލޭޑީ އަމެލިއާ ސްޕެންސާ 

ލޭޑީ އަމެލިއާ އާއި ގްރެގް މެލެޓް، ކައިވެނި ކުރެއްވީ މިދިޔަ މަހު ދެކުނު އެފްރިކާގައި ފަރުބަދަ މަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ދެ ކަނބަލުން ރާއްޖެ ވަޑައިގެންނެވީ ހަނީ މޫނަށެވެ. ދެ ބޭފުޅުން އެކުގައި ޗުއްޓީ ހޭދަކުއްވާ މަންޒަރު ލޭޑީ އަމެލިއާ ސްޕެންސާ ސޯޝަލް މީޑިއާގައި ގެންދަވަނީ ހިއްސާކުރައްވަމުންނެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް