ads
ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ބިމެއް
އޯގޭނިކް ފާމިންގް ކުރިއެރުވުމަށް ގިނަ މަސްކަތްތަކެއް ކުރެވޭ
ދިވެހިރާއްޖޭގައި އޯގޭނިކް ފާމިންގް ކުރިއެރުވުމަށް، ސަރުކާރުގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވުމުންދާކަމަށް، ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތައް ހިގަމުންދާ ގޮތުގެ އެއްމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް، ރައީސްއޮފީހުގެ ފަރާތުން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުމުގެ، މިހަފްތާ ބައްދަލުވުމުގައި، ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ، މިހާރުވެސް، ސަރުކާރުގެ ކަމާއިބެހޭ އެކި ވުޒާރާތަކާއި އަދި އޮފީސްތަކުގެ ފަރާތުން އޯގޭނިކް ފާމިންގް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

ދަނޑުވެރިކަން ކުރުމުގައި ގިނަ އަދަދަކަށް ކެމިކަލް ބޭނުންކުރުމުގެ ސަބަބުން ބައެއް ރަށްރަށުގެ ބިންގަޑަށް އޭގެ އަސަރުކޮށް، ބައެއްކަހަލަ ގޮވާމުގެ ބާވަތްތައް ނުހެއްދޭފަދަ ހާލަތަކަށް ގޮސްފައިވާކަން ސަރުކާރުގެ ސަމާލުކަމަށް އަންނަކަމަށާއި، މިކަމާއި ގުޅިގެން، އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުގެ ފަރާތުން، ވަކިން ހާއްސަކޮށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އަޅުއްވަމުން ގެންދަވާކަމަށް މިއުވާން ވިދާޅުވިއެވެ.

އިތުރަށް މިއުވާން ވިދާޅުވީ، އޯގޭނިކް ފާމިންގް ކުރިއެރުވުމަށް، އެކަމާއި ގުޅުންހުރި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ސަރުކާރުގެ ފަރާތުން ހިންގަމުން އަންނަ ކަމަށާއި، ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތާބުގައިވެސް ފާހަގަކުރައްވާފައިވާ ގޮތަށް، ދަނޑުވެރިކަން ކުރުމުގައި އެއްވެސްވަރަކަށް ކެމިކަލް ބޭނުންނުކުރުމަށް ސަރުކާރުން އިލްތިމާސް ކުރާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް