ads
ކެނދިކުޅުދޫ އާ އިންޖީނުގެ އިމާރާތްކުރުމަށް ޓޫއެލްއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފެނަކަ
ކެނދިކުޅުދޫ އާ އިންޖީނުގެ އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި
ނ. ކެނދިކުޅުދޫގައި އާ އިންޖީނުގެއެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
Advertisement
ނ. ކެނދިކުޅުދޫގައި އާ އިންޖީނުގެއެއް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ހަވާލުކުރީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.

ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. ޓޫއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީ އޮޕަރޭޝަންސް ޑިރެކްޓަރު ހުސައިން އިބްރާހިމް އެވެ.

ޓޫއެލްއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 7.5 މިލިއަން ރުފިޔާ އަށެވެ.

މިމަސައްކަތް ނިންމަންޖެހެނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހަށެވެ.

ފެނަކަ މިހާރު ހިންގަމުން ގެންދާ މެނޭޖްމަންޓުން އެ ކުންފުންޏާ ހަވާލުވި 26 ރަށެއްގައި އާ އިންޖީނުގެތައް އެޅުމަށް ވަނީ މަސައްކަތް ހަވާލުކޮށްފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް