ads
ޖަލްސާއެއްގައި ރައީސް ނަޝީދުއާއި ފައްޔާޒު
ނަޝީދު ފެކްޝަނަށް ފައްޔާޒުގެ ވަރުގަދަ އިންޒާރެއް!
ގުރައިދޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަންގައި، އެމްޑީޕީގެ ކެންޑިޑޭޓާއި ދެކޮޅަށް ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ނަޝީދު ފެކްޝަނަށް އިންޒާރު ދެއްވައިފިއެވެ.
Advertisement

ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ވިދާޅުވީ ގުރައިދާ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށް ވޯޓް ނުދިނުމަށް، އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން އެދެމުން ގެންދާކަމަށެވެ.

އެގޮތަށް ކަންކުރަމުންދަނީ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށްކަމަށާއި އެކަން ކުށްވެރިކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ފުނފުނޑުކޮށްލުމަށް ނަޝީދު ފެކްޝަނުން ކުރާ މަސައްކަތް އެހެން ހިސާބަކަށް ހިނގައްޖެ ކަމަށް ވިދާޅުވެ ފައްޔާޒު ވިދާޅުވީ އިހުތިރާމު ކުރުމުގެ ގޮތުންވެސް ބެލޭނީ ވަކި ހިސާބަކަށްކަމަށެވެ. އަދި ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއާއި ދެކޮޅަށް މަސައްކަތް ކުރައްވާ މައްސަލާގައި މީގެކުރިންވެސް ފައްޔާޒުވަނީ ފިޔަވަޅު ނާޅަނީ ނުކެރިގެން ނޫންކަމަށާއި ފިޔަވަޅު ނާޅަނީ ރައީސް ނަޝީދަށް އިހްތިރާމް ކުރުމުގެ ގޮތުންކަމަށް ވިދާޅުވެފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން މާދަމާ އޮންނައިރު ރައީސް ނަޝީދުވެސް އަދި ރައީސް ނަޝީދުގެ ފެކްޝަނުގެ ބޭފުޅުންވެސް ބައި އިލެކްޝަންގެ ކެމްޕެއިންގައި ބައިވެރި ނުވެއެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް