ވާވޭ ވޮޗް ބަޑްސްއަކީ އިއާބަޑްސްގެ ސިފަތައް އެކުލެވޭ އީޖާދީ ސްމާޓް ގަޑިއެކެވެ. ވާވޭ ވޮޗް ބަޑްސް އުފައްދާފައިވަނީ މެދުކެނޑުމެއްނެތި ކަސްޓަމަރުން އިތުރު ފަސޭހަކަމާ އެކު ގުޅުވާލަދޭ ސިފަތައް ހިމަނައިގެންނެވެ. އެންމެ ކޮލިޓީ އަދި ސާފު އަޑު ލިބޭއިރު، މިއީ އާންމުކޮށް ދަތުރުކުރާ މީހުންނަށް ވަރަށް ފުރިހަމަ ޑިވައިސްއެކެވެ. މީގެއިތުރުން ތުނި ރީތި ޑިޒައިނާ އެކު އުފައްދާފައިވާ ވާވޭ ވޮޗް ބަޑްސްއަކީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށްވެސް އެންމެ ފުރިހަމަ ފަހުގެ ގެޖެޓެވެ.
އުރީދޫން ބުނީ މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފުކުރުމުގެ އުފާފާޅުކުރުމުގެ ގޮތުން އެ ކުންފުނިން ހާއްސަ އޮފާއެއްގެ ދަށުން މި ގަޑި ވިއްކަނީ 6،999 ރުފިޔާއަށް ކަމަށެވެ. މި ހާއްސަ އަގުގައި ކަސްޓަމަރުންނަށް ގަޑި ގަތުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމުން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމުގައެވެ.
މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވާވޭގެ އީޖާދީ ވޮޗް ބަޑްސް މޫލީއިން އެންމެ 6،999 ރުފިޔާއަށް - ފޮޓޯ:އުރީދޫ
މި ޑިވައިސްގެ މައިގަނޑު ސިފަތަކުގެ ސަބަބުން ވާވޭ ވޮޗް ބަޑްސް އަކީ އަޑު އަހާލުމުގެ ތަޖުރިބާއަށް ފެންވަރު ރަނގަޅު އަޑާއި އެޑްވާންސް ފަންކްޝަނަލިޓީ ފޯރުކޮށްދޭ އާދަޔާ ހިލާފު ގެޖެޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމަށް: http://ore.do/watchbuds