ads
ހަމަލާދިން ރުއިޖީ ކިމޫރާ ހައްޔަރު ކުރަނީ
ޖަޕާނުގެ ޕްރައިމް މިނިސްޓަރަށް ބޮމުގެ ހަމަލާއެއްދީފި
ޖަޕާނުގެ ޕްރައިމް މިނިސްޓަރަށް ބޮމުގެ ހަމަލާއެެއް ދީފިއެވެ.

މި ބޮމުގެ ހަމަލާ ދީފައިވަނީ ކެމްޕޭނުގައި ޕްރައިމް މިނިސްޓަރު މިއަދު އުޅުއްވަނިކޮށެވެ. 

ބޮޑުވަޒީރު ކިޝިޑާ ފުމިއޯ އަށް މި ހަމަލާގައި އެެއްވެސް ގެއްލުމެއް ނުވެއެވެ.

ސަބަބަކީ ބޮން ގޮވުމުގެ 10 ސިކުންތުކުރިން ބޮޑީގާޑުން ވަނީ ބޮޑުވަޒީރު އެ ސަރަހައްދުން ދުރަށްލާފައެވެ.

މި ހަމަލާ ދީފައިވަނީ ނޫސްވެރިން ތިބި ސަރަހައްދުގަައި ހުރި 24 ޒުވާނެކެވެ. 

އެ ޒުވާނާ ވަނީ ދުރުގައި ހުރެ އަތުން ބޮމެއް އެެއްލާފައެވެ. ބޮން އެެއްލުމާއެކު ބޮޑީގާޑުން އޭނާ ހައްޔަރުކުރެއެވެ. 

ރުއިޖީ ކިމޫރާ ކިޔާ މި ޒުވާނ ހައްޔަރު ކުރާތާ 10 ވަަރަކަށް ސިކުންތުގެ ތެރޭގައި ބޮން ގޮވާއަޑު އިވެއެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަގޮތުން އެ ބޮން ގޮވުމަށްފަހު ބޮޑު ދުން ގަނޑެއް ފެތުރެއެވެ. 

މި ހާދިސާ ހިނގީ މަސް އިންޕޯޓުކުރާ ސައިޓެއްގައެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް