ads
ފިލްމު އެސޯސިއޭޝަނުގެ މަސް ދަތުރުގެ ތެރެއިން
ފިލްމީ ތަރިން މަހަށް
ދިވެހިރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތަރިންގެ ތެރެއިން ބައެއް މީހުން ހޮނިހިރު ދުވަހު މަސް ދަތުރެއް ގޮސްފިއެވެ.

މި މަސްދަތުރުގައި 24 ވަރަކަށް މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންނާއި، ފިލްމީ ދާއިރާގައި އެކި މަސައްކަތް ކުރާ ފަންނާނުންގެ އިތުރުން ފިލްމު އެސޯސިއޭޝަނުގެ މެންބަރުން ހިމެނެއެވެ. 

ފިލްމީ ތަރިންގެ ތެރޭގައި، ނަތާޝާ، ފަރީލާ، އައްޒަ، ޝީލާ، ފަދަ ތަރިން ފާހަގަކޮށްލެވެއެވެ. ދެން ގިނައީ އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވި އައު ކުދިންނެވެ. ފިރިހެން ތަރިންގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްހޫރު ތަރިއެއް ނުދެއެވެ. 

މި މަސްދަތުރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ. އެގޮތުން ރޯދަ ވިއްލުުގެ ކުރިން ކަރޯކޭ ޖެއްސުމާ، ލަވަބާޒީ ކުޅުން ފަދަ ކަންކަން ކުރިއެވެ. 

ރޭގަނޑު ބާބަކިއު ހެދުމުގެ އިތުރުން، ފިލްމު އެސޯސިއޭޝަނުގެ ހަޒާންދާރު ޖާދުﷲ ބޮޑު ގަރުދިޔަ ތެއްޔެއް ކައްކާ މަންޒަރު ވެސް ފެނުނެވެ. 

your imageފިލްމީ ތަތިންގެ މަސް ދަތުރު: ފޮޓޯ ފަރީލާ

ފިލްމީދާއިރާގެ ފާހަގަކޮށްލެވޭ ގިނަބަޔަކު މަސް ދަތުރުގައި ބައިވެރިއެއް ނުވެއެވެ. 

36%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް