ads
ޑރ.އަނާރާ ނައީމް
އިހްޔާ ފޯރަމްގައި މިރޭ ތަގުރީކުރައްވާނީ ޑރ.އަނާރާ
1444 ވަނައަހަރުގެ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒް އިން ކުރިއަށްގެންދާ 15 ވަނަ އިހްޔާ ފޯރަމްގައި ތަގްރީރުކަރައްވާނީ ޑރ.ޢަނާރާ ނައީމް އަދި އާއިޝާ ހަލީލާ އަބްދުއްސައްތާރުކަމަަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން އާއްމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން، އިހްޔާކުރުމުގެ ގޮތުން ބާއްވާ 15 ވަނަ ޖަލްސާ އޮންނާނީ 16 އެޕްރީލް 2023 ވާ އާދިީއްތަ ދުވަހުގެ ރޭ އެވެ.

މިރޭ ތަގްރީރުކުރައްވަން ހަމަޖެހިފައިވާ މައުލޫއަކީ "މުޖުތަމައުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު" ކަމަށާއި، މިޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒުގެ ހޯލްކަގައި ކަމަށާއި އަދި މިޖަލްސާއަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ބާއްވާ ޖަލްސާއެއްކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

މީގެއިތުރުން މިރޭގެ ފޯރަމްގައި ވެސް ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގޭނެކަމަށާއި، ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، ރިޔާޟުއްސާލިހީން އަދި ފިގުހުއްސުންނާގެ ފޮތްބައި ލިބިލައްވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީ ހާމަކޮށްފައިވެއެވެ.

ރޭތައް އިހްޔާކުރުމުގެ ޖަލްސާތަކުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ މެދުގައި ނެގޭ ގުރުއަތެއް، އިހްޔާ ފޯރަމްގެ އެއްމެ ފަހު ޖަލްސާ ބައްވާ ބުދަ ދުވަހުގެ ރޭގައި އޮންނާނެކަމަށާއި، މިގުރުއަތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް، ދެވަނައަށް ހޮވޭފަރާތަކަށް ސްމާޓް ފޯނެއް އަދި ތިންވަނައަށް ހޮވޭފަރާތަކަށް ސޯފާސެޓެއް ހަދިޔާކުރެވޭނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް