ޖެނެޓް ޖެކްޝަންއާއި އޭނާގެ ގަތަރުގެ ފިރިމީހާ ވިސާމް އަލް މަނާ އަށް ވަނީ 2017 ވަނަ އަހަރު ފިރިހެން ކުއްޖެއްލިބުނެެވެ. މި އުފާވެރި ހަބަރު މުޅި ދުނިޔޭގެ ސުރުހީތަކަށް އަރާފައިވާއިރު، އެ ހަބަރާއެކު ފެތުރުނު އެންމެ ހޫނު ހަބަރަކީ ޖެނެޓް ވެސް އިސްލާމްވެފައިވާކަމަށް ފެތުރުނު ހަބަރެވެ.
މިގޮތުން ޔޫރަޕްގެ އަދި އެމެރިކާގެ ބައެއް ރިޕޯޓުތައް އޭރު ބުނި ގޮތުން ޖެނެޓް އޭނާގެ ފިރިމީހާގެ އާއިލާއާ ބައްދަލުކުރަން ދިޔައީ ބުރުގާއަޅައިގެންނެވެ. އަދި އެ މަންޒަރު ބައެއް މީހުން ފޮޓޯވެސް ނަގާފައެވެ.
މި ފޮޓޯއާއެކު ޖެނެޓުގެ ފޭނުން ވަނީ އޭނާ އިސްލާމްވިފަހުން ސްޓޭޖުމަތިން ފެންނައިރު، އަޅާ ހެދުންތައް ނިވައިކަން އިތުރުކުރަންފަށާފައިވާކަމަށް ވެސް ބުނެފަައެވެ.
އުމުރުން 56 އަހަރުގެ ޖެކްސަން އާއި އޭނާގެ ފިރިމީހާ އަލް މަނާ ވެސް މިހާތަނަށް އެއްވެސް އިންޓަވިއުއެއްގައި އެމީހުންގެ ދީނާގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ.
ޖެނެޓް އިސްލާމްވިކަމަށް މީޑިއާގައި އެއްބަސްނުވި ނަމަވެސް، 2012 ވަނަ އަހަރު ސިއްރުން އަލް މާނާ އާއި ކައިވެނި ކުރުމަކީ ޖެނެޓްއަކީ އިސްލާމެއްކަމުގެ ހެއްކެއް ކަމަށް އޭނާ ބުނެއެވެ.