އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް:
އުރީދޫން ބުނީ އެމް-ފައިސާ މެދުވެރިކޮށް މިރޭގެ 11:59 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ.
ޒަކާތުގެ އިތުރުން، މި ރޯދަ މަހު އުރީދޫއިން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް އެމް-ފައިސާ މެދުވެރިކޮށް ރޯދަ ވީއްލުމެއް ހަދިޔާ ކުރެވޭނެ ގޮތް ފަހިކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނެފައިވަނީ ރޯދަ ވީއްލުން ސަދަގާތް ކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާ ރޭގެ 11:59 އާ ހަމައަށް އިފްތާރު ހަދިޔާ ކުރުމަށް ފައިސާ ދައްކާލެވޭނެ ކަމަށެވެ. ހަދިޔާ ކުރާ އިފްތާރު ޕެކްގެ އަގަކީ 50 ރުފިޔާއެވެ.
މީގެއިތުރުން އެމް-ފައިސާ މެދުވެރިކޮށް ކެންސަ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތިއަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި އެމް-ފައިސާގެ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކުން، އުރީދޫ ބިލްތަކާއި ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެ ކަމުގައެވެ. އެމް-ފައިސާގެ މި ހިދުމަތްތަކާއި އޮފާތައް ބޭނުން ކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫން މަރުހަބާ ކިޔައެވެ.
އެމް-ފައިސާ އަށް ރެޖިސްޓަކުރުމަށް:
އުރީދޫން ބުނެފައިވަނީ ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.