ގައުމީ ޓީޓީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް "އަރުތަ" ޕްރޮގްރާމްގެ ތެރޭގައި ހިމެނޭއިރު، އެންމެ ސީނިއާ ދެ ކުޅުންތެރިންނަށް ބޭންކް އޮފް މޯލްޑިވްސްގެ (ބީއެމްއެލް) ސްކޮލާޝިޕްގެ ދަށުން ވެސް ވަނީ ފުރުސަތު ލިބިފައެވެ. ކްރޮއޭޝިއާއަށް ދިޔަ ކުޅުންތެރިން ވެސް ހަރަދުތައް ބަހަލައްޓާނީ މި ދެ ޕްރޮގްރާމްގެ ތެރެއިން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓޭބަލްޓެނިސް ޓީމުން ވަނީ ދާދިފަހުން ޗައިނާގެ ހުނާން ޕްރޮވިންސްގެ ކޯޗަކާ މާލޭގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ.
ކްރޮއޭޝިއާގެ އިތުރުން އިންޑިއާގެ އެންމެ މަތީ ފަންތީގެ އެކަޑެމީއެއްގައި ވެސް ރާއްޖޭގެ ޓީޓީ ޓީމުގެ ބައެއް ކުޅުންތެރިން ތަމްރީން ހަދާނެ ކަމަށް ވެސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.