ads
ސްޕްރީމް ކޯޓު
ހެކިބަސްދޭން ދެކޮޅު ހަދާނަމަ ވަގުތުން ޖަލަށް
ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާ މީހުން ޖަލަށް ލެވޭ ގޮތަށް، ހެއްކާބެހޭ ގަވައިދު ހަދައި ސުޕްރީމް ކޯޓުން މިއަދު އާއްމުކޮށްފިއެވެ.
Advertisement

އަލަށް އަމަލު ކުރަން ފަށާފައިވާ ހެއްކާ ބެހޭ ގާނޫނުގައި ހެކިބަސް ދޭން ލާޒިމް ކުރުވުމުގެ ބާރު އޮވެ އެވެ. ހެއްކާ ބެހޭ ގާނޫނުގެ ދަށުން ގަވައިދު ހެދުމުގެ ބާރު ދީފައި އޮތީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން މިއަދު އާއްމު ކުރި ގަވައިދަކީ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހެދި ގަވައިދެވެ. މިއީ ރާއްޖޭގައި ހެކިބަސް ނުދޭ މީހުންނަށް ފިޔަވަޅު އަޅަން ފެށި ފުރަތަމަ ފަހަރެވެ.

މިއަދު ސުޕްރީމް ކޯޓުން އާއްމުކުރި ހެއްކާބެހޭ ގަވާއިދު އޮތްގޮތުން ޝަރީއަތަށް ގެނެވޭ ހެއްކަކު ހެކިބަސް ދޭން ދެކޮޅު ހަދާނަމަ، ހެކިބަސް ދޭން އެންގުމުގެ ބާރު ކޯޓަށް އޮންނާނެ އެވެ. އެ އެންގުމަށް ތަބާނުވެއްޖެނަމަ ވަގުތުން ފިޔަވަޅު އެޅިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ހެކިބަސް ދޭން ދެކޮޅު ހެދީ ޖިނާއީ މައްސަލައެއްގައި ނަމަ، ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000ރ. އިން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މިއަދު އާއްމު ކުރި ގަވައިދުގައި ވާ ގޮތުން އާއިލީ ގުޅުމެއް އޮތުމުގެ ސަބަބުން ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދޭން ދެކޮޅު ހެދުމުގެ ބާރު އޮންނަ މީހުންނާއި އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން ލާޒިމް ނުކުރެވޭނެ މީހުން ފިޔަވައި ދެން ތިބި އެންމެންނަށް އެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅިދާނެ އެވެ. މީގެ އިތުރުން ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާނަމަ އެ މީހުން ހައްޔަރުކޮށްގެން ވެސް ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް