ހަބަރު /

Defibrotide Sodium
ދެ ބޭހަކަށް ސަމާލުވާން އެފްޑީއޭ އިން އިލްތިމާސްކޮށްފި
19 އޭޕްރީލް 2023 - 01:22:40
ދެ ބޭހަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
އެފްޑީއޭއިން ބުނީ "Defitelio (Defibrotide Sodium)" ނަމަކަށް ކިޔާ ބޭހުގެ ނަކަލެއް ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ކިރިގިސްތާނުން ފެނިފައިވާ ކަމަށެވެ.
އެއިދާރާއިން ބުނީ އެ ބޭސްހަކީ ރާއްޖޭގައި ވިއްކުމާއި އެތެރެކުރުމަށް ހުއްދަ ދީފައިވާ ލިސްޓްގައި ހިމެނޭ ބޭހެއް ނޫންކަމަށެވެ. ނަމަވެސް ބޭސް ސިޓީއަށް އަމިއްލައަށް ބޭރުން ބޭސް ގެންނައިރު އެކަމަށް ސަމާލު ވުމަށް އެއިދާރާއިން އެދެއެވެ.
މީގެއިތުރުން ޕާކިސްތާނުގެ ކަރާޗީގައި އުފައްދާ (Telsarta 40) ގެ ބެޗެއްގައި މުށި ކުލައިގެ ލައްތަކެއް ހުރުމުން އެކަމަށް ސަމާލުވުމަށް ވެސް އެމްއެފްޑީއޭއިން އެދެ އެވެ.
އެފްޑީއޭއިން ބުނީ ޓެލްސާޓާއަކީ ރާއްޖެ އެތެރެ ކުރާ ބޭހެއް ނަމަވެސް މައްސަލަ ޖެހިގެން އުޅޭ ބެޗު އެތެރެވެފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ.
67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް