
ޕީއެންސީން ބުނީ "މާހެފުން 2025" ގެ ނަމުގައި އެޕާޓީން ބާއްވާ މާހެފުމެއް އޮންނާނެކަމަށެވެ. މި މާހެފުމުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭކަމަށެވެ.
އާޓިފިޝަނލް ބީޗުގައި އޮންނަ މި މާހެފުން ފެށެ ގަޑިއަކީ އެރޭގެ 20:30 އެވެ. ޕީއެންސީން ބުނީ މި މާހެފުމަށް އެޕާޓީގެ މެމްބަރުންނާއި ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު ދޭކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހު އާއްމުކުރި ހިސާބުތަކުން ދައްކާގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ވެރިކަންކުރާ ޕީއެންސީކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 68،968 ކަމަށް އީސީގެ ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ފެށުނު އިރު އެޕާޓީގެ މެމްބަރުންގެ އަދަދަކީ 28،704 އެވެ. މިިދިޔަ އަހަރުގެ ނިމެންދެން ޕީއެންސީ އޮތީ ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓުގެ ގޮތުގައެވެ.