އޫބާ ލަންޑަނުގެ ޑްރަވަރަކާއެކު ކުރެވުނު "ބިރުވެރި" ތަޖުރިބާއަކާ އެކު ބޮލީވުޑުގެ ބަތަލާ ސޯނަމް ކަޕޫރު ބިރުން ހަލާކުވެއްޖެ އެވެ.

Advertisement
އޫބާ ލަންޑަނުގެ ޑްރަވަރަކާއެކު ކުރެވުނު "ބިރުވެރި" ތަޖުރިބާއަކާ އެކު ބޮލީވުޑުގެ ބަތަލާ ސޯނަމް ކަޕޫރު ބިރުން ހަލާކުވެއްޖެ އެވެ.
ސޯނަމް ވަނީ އޭނާއަށް މިހާތަނަށް ކުރެވުނު އެންމެ ބިރުވެރި ތަޖުރިބާގެ ގޮތުގައި ސިފަކޮށް އެ ވާހަކަތައް ޓްވީޓާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. ލަންޑަނުގައި އޫބާގެ ކާރެއްގައި އޭނާ ތަނަކަށް ދިއުމަށް އެ ކުރި ދަތުރު ބިރުވެރި ތަޖުރިބާއެއްގެ ގޮތުގައި ސިފަކޮށް ސޯނަމް ވަނީ އޫބާއިން ދަތުރު ކުރާ ފަރާތްތަށް ސަމާލުވުމަށް އެދިފަ އެވެ. އަދި އެންމެ ރައްކާތެރި ގޮތަކީ ޕަބްލިކް ޓްރާންސްޕޯޓް މެދުވެރިކޮށް ދަތުރުކުރުން ކަމަށް ވެސް ސޯނަމް ބުނެ އެވެ.
އެ ޑްރައިވަރާ ގުޅޭ ގޮތުން ހިއްސާކުރަމުން ސޯނަމް ބުނީ އެ ޑްރައިވަރު އިނީ ދަތުރެއްކުރާނެ ހާލަތުގައި ނޫން ކަމަށާއި ދަތުރުގެ ތެރެއިން އޭނާ ދިޔައީ ހަޅޭލަވާ އަޑުގަދަ ކުރަމުން ކަމަށެވެ. އަދި މުޅި ދަތުރުގައި އޭނާ އިނީ ބިރުން ހަލާކުވެފައި ކަމަށް ވެސް ސޯނަމް ބުންޏެވެ.
މިމަހުގެ ކުރީކޮޅު ސޯނަމް ވަނީ ބްރިޓިޝް އެއާލައިންއާ ދެކޮޅަށް ވެސް މައްސަލައެއް ހުށަހަޅަފަ އެވެ. އެގޮތުން އޭނާ ލަގެޖް ގެއްލުވާލުމާ ގުޅިގެން އެކަމާ ހިތްހަމަ ނުޖެހި ހުރެ ސޯނަމް ކުރި ޓްވީޓުގައި ވަނީ މިއީ ބްރިޓިޝް އެއާލައިނުން އޭނާގެ ލަގެޖު ގެއްލުވާލި ދެވަނަ ފަހަރު ކަމަށާއި ދެން އެ އެއާލައިނުން ދަތުރު ނުކުރާނެ ކަމަށް ބުނެފަ އެވެ. އެ ޓްވީޓާ ގުޅިގެން އެ އެއާލައިނުން ސޯނަމްގެ ކިބައިން މާފަށް ވެސް އެދުނެވެ.
ވިޔަފާރިވެރިޔާ އަނަންދު އަހޫޖާއާ ސޯނަމް، 2018 ވަނަ އަހަރުގެ ތެރޭގައި ކައިވެނިކުރިއިރު އެމީހުން ދިރިއުޅެމުން އަންނަނީ ލަންޑަނުގަ އެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ސޯނަމް، އޭނާގެ ގައުމަށް ވެސް ދެއެވެ.