މިގޮތުން އައްޒައަށް ހަދިޔާއަކަށް އޭނާގެ ފިރިމީހާ ދީފައިވަނީ ރަތްކުލައިގެ ސްކޫޕީ ސައިކަލެކެވެ.
"އެންމެ ބެސްޓު ފިރިމީހާއަށް ވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ލޯބިވޭ. މިވީ އުފާ ބުނެދެން ވެސް ނޭގެ. އެންމެ ލަކީ އަންހެންކުއްޖާއަށް އަދި އަދި އެންމެ ހެޕީ އަންހެން ކުއްޖާއަށް އަހަރެން ހަދައިދިނީތީ ވަަރަށް އުފާވޭ. ތީހަމަ ބެސްޓު،" މުއާއަށް އަމާޒުކޮށް އައްޒަ ބުނެފައިވެއެވެ.
އައްޒަ އޭނާއަށް މުއާ ހަދިޔާކުރި ސައިކަލާއެކު
އުފަންދުވަހާއި ދިމާކޮށް ގިނަބަޔަކު އަންނަނީ އައްޒައަށް އުފަން ދުވަހުގެ ތަހުނިޔާ ވެސް ފޮނުވަމުންނެވެ. އަދި ބަައެއް މީހުން އަންނަނީ ހަދިޔާއާއި ކޭކު އައްޒައަށް ހަދިޔާކުރަމުންނެވެ.