ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން
ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ސްކޮލަޝިޕަށް ހުޅުވާލައިފި
ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ސްކޮލަޝިޕަށް ހުޅުވާލައިފިއެވެ.
Advertisement

މިކަން ހާމަކޮށް، މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން އިން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ވާގޮތުން، މި ސްކޮލަޝިޕަކީ ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ. އެގޮތުން، ކިޔަވަން ހަމަޖެހޭ ގައުމަށް ދަތުރުކުރާނެ ދެކޮޅު ޓިކެޓާއ، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު ބަލަހައްޓާނީ ދިވެހި ސަރުކާރުންކަމަށް މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން އިން ބުނެފައިވެއެވެ.

މިގޮތުން މުޅި ޖުމްލަ 7 ޖާގައަށް ހުޅުވާލެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ:

  • އެނެސްތީސިއޮލޮޖީ 1 ޖާގަ
  • އިންޓަރނަލް މެޑިސިން 1 ޖާގަ
  • ސްޕައިން ސާރޖަރީ 1 ޖާގަ
  • ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ 1 ޖާގަ
  • ގައިނަކޮލޮޖީ 1 ޖާގަ
  • ޖެނެރަލް ސާރޖަރީ 1 ޖާގަ
  • ޕީޑިއޭޓްރިކް 1 ޖާގަ

އަދި ކިޔަވައިދިވުމަށް ހަމަޖެހިފައިވަނީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތާން، ޗައިނާ، ފިލިޕީންސް، އިންޑޮނޭޝިއާ، މެލޭޝިޔާ، ތައިލެންޑް، ކިރިގިސްތާން، އަޒަރބައިޖާން، މޯލްޓާ، ޗެކް ރިޕަބްލިކް، މޮރިޝަސް، މިޞްރު، ސައުތް އެފްރިކާ، އަލްޖީރިއާ، އަދި ސައުދީ އަރަބިއްޔާ މިގައުމުތަކުގެ ތެރޭން ގައުމެއްގައިކަމަށްވެސް މި އިއުލާނުގައި ބުނެފައިވެއެވެ.

މި ސްކޯލަޝިޕަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، އެމް.ބީ.ބީ.އެސް ހާސިލްކޮށްފައިވުމާއި، ސްޕައިން ސާރޖަރީ އަށް ހުށަހަޅާ ފަރާތްތަކުން އޯތޮޕީޑިކްސް އިން ސްޕެޝަލިޓީ ހާސިލްކޮށްފައިވުމާއި، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ އަށް ހުށަހަޅާ ފަރާތްތަކުން ޕީޑިއޭޓްރިކްސް އިން ސްޕެޝަލިޓީ ހާސިލްކޮށްފައިވު މުގެ އިތުރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައިވުން ކަމަށްވެސް މި އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން އިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވު މާއި އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވު މާއި، އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން އިތުރު ޝަރުތު ތަކުގެ ތެރޭގައި ފާހަގަކޮށްފައިވެއެވެ.

މި ސްކޮލަޝިޕަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ މިސްކޮލަރޝިޕްގައި ކިޔަވާ ނިންމުމަށްފަހު ކަނޑައެޅިފައިވާ މުއްދަތަށް އަތޮޅުތެރެއަށް ޚިދުމަތް ކުރުމަށް އެއްބަސްވާ ފަރާތްތަކަމަށާއި، ނަމަވެސް ހުޅުވާލާފައިވާ ފުރުޞަތުގެ ޢަދަދަށްވުރެ ގިނަ ފަރާތްތަކުން އަތޮޅުތެރެއަށް ޚިދުމަތް ކުރުމަށް އެއްބަސްވާނަމަ ދެން އިސްކަންދެވޭނީ އެފަރާތްތަކުން އެމް.ބީ.ބީ.އެސް ފުރިހަމަ ކުރުމަށްފަހު ސިއްޙީ ޚިދުމަތް ދެއްވާ ތަނެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތަށް ކަމަށާއި އަދި ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށްވެސް މިއިއުލާނުގައި ބުނެފައިވެއެވެ.

މިސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 4 މެއި 2023 ވަނަދުވަހުގެ 13:30 ގައިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް